ވޭތުވެދިޔަ ފަސް އަހަރަކީ ހއ އަތޮޅަށް ރަން ފަސް އަހަރު ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ބާރަށު ދާއިރާގެ ކުރީގެ މެންބަރު، ޝުޖާޢު މިހެން ވިދާޅުވެފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލެއާއި ހއ ދިއްދޫ ގައި މިރޭ ވާޗުއަލްކޮށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިރޭގެ ޖަލްސާގައި ސުޖާ ވިދާޅުވީ ރައީސް ޔާމީން ދިއްދޫގެ މަގުތަކަށް ހައްލެއް ގެނެސްދެއްވާ 250 ހައުސިން ޔުނިޓް އަޅުއްވާ ދޯނި އެހެލާނެ ބަނދަރެއް އަޅުއްވައި ދެއްވާފައި ވާކަމަށާއި ދިއްދޫގެ ނެރުގެ ފައިކަށި ވެސް ހަދާފައިވާ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި އޭސީ ކުރާ ވާހަކައަށް ފާޑުވިދާޅުވެ ޝުޖާޢު ވިދާޅުވެފައިވަނީ ވެރިކަމަށް މިވީ 2 އަހަރު ދުވަހުގެ ތެރޭގައި މިސްކިތްތަކުގެ އެއްވެސް އޭސީއެއް ކަރަންޓަށް ގުޅާފައި ނެތް ކަމަށެވެ. އަދި ކަނބާ އައިސާރަނި ހިނގުން ވެސް އެއްކޮށް ހެދުނީ ނޫން ކަމަށާއި އެ މަގުގެ ވެސް ހެދުނީ އެއްބުރި ކަމަށް ވިދާޅުވިއެވެ.

"ބަނބުކެޔޮ ހެއްދުމަކީ ތަރައްގީއެއް ނޫން."ޝުޖާ ވިދާޅުވިއެވެ.

މީގެ އިތުރުން ތަރައްގީއަކަށް ބަލަނީ ބަނދަރު ހެދުމާއި ނަރުދަމާ އެޅުމާއި ބުރިޖު އެޅުން ފަދަ ކަންކަން ކަމަށް ޝުޖާ ވިދާޅުވިއެވެ.

"މިފަހަރު ކައުންސިލް އިންތިހާބުގައި ރުކަށް ވޯޓު ދެއްވާ"ޝުޖާޢު ވިދާޅުވެފައިވެއެވެ.

އަޅުގަނޑުމެން ދުނިޔޭގައި އުޅޭއިރު ބަލިމަޑުކަމާއި ކުރިމަތިލާން ޖެހޭނެ ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި ފެނުގެ ކާރިސާގައި މަނަވަރުގައި ފެން ގެނައި ކަމަށެވެ. ނަމަވެސް ކޮވިޑް ގެ ބަލިމަޑުކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކޮވިޑް ގެ ވެކްސިން ވެސް ނުގެނެވުނު ކަމަށް ޝުޖާ ވިދާޅުވެފައިވެއެވެ.

ޝުޖާޢު ވިދާޅުވީ ކޮޗިން ފެރީގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ފައިދާވާނެ ކަމަށް ހީކުރެވުނު ކަމަށާއި ނަމަވެސް ކޮޗިން ފެރީއިން އަންނަނީ ގޮތް ނޭނގޭ މުދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން