ވެރިކަންކުރާ ފަރާތަށް މި ރާއްޖޭގެ އެއްވެސް ރައްޔިތަކު ބާކީ ނުކުރެވޭނެ ކަމަށް މާލެ ސިޓީ މޭޔަރ ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ނާއިބް ރައީސްގެ މަގާމުވެސް ފުރުއްވާފައިވާ އަލްހާން ފަހުމީ މިހެން ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ތިއްބަވައިގެން ހިންގާ މިސަރުކާރުން އައްޑޫ ރައްޔިތުން ބާކީ ނުކުރާނެ ކަމަށް ވިދާޅުވެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ކުރަށްވާފައިވާ ޓްވީޓަކާއި ގުޅިގެންނެވެ.
"އެއްވެސް ރައީސަކަށް އެކަމެއް ނުކުރެވޭނެ! އައްޑޫ ގައްދޫ އޭ ކިޔައިގެން މީހުން މޮޔަ ހެއްދި ޒަމާން މާޒީވެއްޖެ! އެއްވެސް ރައްޔިތަކު ބާކީއެއް ނުކުރެވޭނެ!" އަލްހާން ވިދާޅުވެފައިވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން އައްޑޫސިޓީގެ މޭޔަރު ކަމަށްވެސް ވާދަކުރަށްވާ ނިޒާރު، މި ސަރުކާރުން އައްޑޫ ރައްޔިތުން ބާކީ ނުކުރާނެ ކަމަށް ވިދާޅުވެފައިވަނީ އައްޑޫ ޕޮލިސް އެކަޑަމީ އިމާރާތް ކޮށްފައިވަނީ ބިންބޭނުން ކުރުމުގައި ވިސްނާން ވާ ވަރަށް ނުވިސްނާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.
މީގެ އިތުރުން ރައީސް ވަހީދުގެ ސަރުކާރުން ފެށިގެން އިންޑިޔާ ސަރުކާރުގެ އެހީގައި އިމާރާތްކޮށް ބޮޑުބައި ނިމިފައިވާ އައްޑޫ ޕޮލިސް އެކަޑަމީއާއި ގުޅޭގޮތުން އެމްޑީޕީގެ ރައީސްކަންވެސް ކުރަށްވަމުން ގެންދަވާ ރައީސް ނަޝީދު ވިދާޅުވީ މިފަހަރު އިންތިޚާބުވާ އެމްޑީޕީ މޭޔަރ ކެންޑިޑޭޓާއި ކައުންސިލް ކެންޑިޑޭޓުންނާއި އެކު އައްޑޫ ސިޓީ މުޅި ދުނިޔެއަށް ހުޅުވިގެންދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު