ގުޅިފަޅުގައި އަޅަން ނިންމާފަައިވާ ޕޯޓް އަޅަން އޮތް އެންމެ ރަނގަޅު ތަނަކީ ތިލަފުށި ކަމަށާއި އެއީ ޓެކްނިކަލް ގޮތުން ބަލާއިރު ވެސް ފެންނަން އޮތް ހަޤީޤަތް ކަމަށް މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ވިދާޅުވީ، އެކަން ސަރުކާރަށް ނުކުރެވޭނެ ސަބަބެއް ނެތް ކަމަށެވެ. އަދި މި ސަރަހައްދުގައި ޕޯޓެއް އަޅާ ނަމަ އެކަމަށް އެންމެ ރަނގަޅީ ތިލަފުށި ކަމީ ފެންނަތް އޮތް "ޓެކްނިކަލް ހަގީގަތް" ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އެކަން ސަރުކާރަށް ނުކުރެވެންވީ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ. އަދި މިސަރަހައްދުގައި ޕޯޓެއް އަޅަން އެންމެ ރަނގަޅީ ތިލަފުށިކަން އެއީ ޓެކްނިކަލީ ބަލާއިރު ފެންނަން އޮތް ހަޤީޤަތް." މުއިއްޒު ވިދާޅުވިއެވެ.
މިހާރު ގުޅިފަޅުގައި އަޅަން ނިންމާފައިވާ ޕޯޓަކި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ތިލަފުށީގައި އެޅުމަށް ނިންމާފައި އޮތް ވިޔަފާރި ބަނދަރުގެ ބަދަލުގައި މި ސަރުކާރުން ތަރައްގީ ކުރާ ބަނދަރެވެ. ރައީސް އިބްރާޙިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެން ކުރީގެ ނިންމުން ބަދަލުކުރެއްވީ ތިލަފުށްޓަށްވުރެ ބައިނަލްއަޤްވާމީ ޕޯޓެއް އަޅަން ގުޅިފަޅު ކަމުދާތީ ކަމަށް ބުނެއެވެ. ނަމަވެސް އެފަދަ އެއްވެސް ދިރާސާއެއް ކުރިކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ޕޯޓު މަޝްރޫއުގެ އަދާހަމައަށް ބަލާއިރު، ގުޅިފަޅުގައި މި މަޝްރޫއު ހިންގުމަށް ބޭނުންވާ ބިން ހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ސަރުކާރުން ހާމަކުރާ ގޮތުގައި ވިޔަފާރި ބަނދަރު ހެދުމަށް ގުޅިފަޅު ހިއްކުމުގެ މުޅި މަޝްރޫ އަށް 120 މިލިއަން ޑޮލަރު (1.86 ބިލިއަން ރުފިޔާ) ހޭދަވާނެ އެވެ..

Gulhifalhugai alhan nimmaafa oiy port Thilafuhtah badhalu kurumugai technical evves massalaeh nei. Ekan sarukaarah nukurevenvee evves sababeh ovegen nuvaane. Adhi Misarahadhuga porteh alhan emme rangalhee Thilafushikan eyee technically balaairu fennan oi haqeeqai.
— Dr Mohamed Muizzu (@MMuizzu) January 16, 2021
މިހާރު ގުޅިފަޅުގައި އަޅަން ނިންމާފައިވާ ޕޯޓަކި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ތިލަފުށީގައި އެޅުމަށް ނިންމާފައި އޮތް ވިޔަފާރި ބަނދަރުގެ ބަދަލުގައި މި ސަރުކާރުން ތަރައްގީ ކުރާ ބަނދަރެވެ. ރައީސް އިބްރާޙިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެން ކުރީގެ ނިންމުން ބަދަލުކުރެއްވީ ތިލަފުށްޓަށްވުރެ ބައިނަލްއަޤްވާމީ ޕޯޓެއް އަޅަން ގުޅިފަޅު ކަމުދާތީ ކަމަށް ބުނެއެވެ. ނަމަވެސް އެފަދަ އެއްވެސް ދިރާސާއެއް ކުރިކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ޕޯޓު މަޝްރޫއުގެ އަދާހަމައަށް ބަލާއިރު، ގުޅިފަޅުގައި މި މަޝްރޫއު ހިންގުމަށް ބޭނުންވާ ބިން ހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ސަރުކާރުން ހާމަކުރާ ގޮތުގައި ވިޔަފާރި ބަނދަރު ހެދުމަށް ގުޅިފަޅު ހިއްކުމުގެ މުޅި މަޝްރޫ އަށް 120 މިލިއަން ޑޮލަރު (1.86 ބިލިއަން ރުފިޔާ) ހޭދަވާނެ އެވެ..
ކިޔުންތެރިންގެ ހިޔާލު