އަނިޔާވެެރި ގޮތަކަށް ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާ މައްސަލައިގެ ޝަރީއަތް އެ ކޯޓުން މިއަދު ކެންސަލް ކޮށްފިއެވެ.
އަދުހަމްގެ މައްޗަށް ދައުވާ ކުރަނީ ދައުލަތުންނެވެ. މި ގޮތުން ދައުލަތުން ދައުވާ ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ.
މި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ކްރިމިނަލް ކޯޓުން މިއަދު ހެނދުނު 10 ޖަހާއިރަށް ތާވަލުކުރި ނަމަވެސް އެ އަޑުއެހުން ކެންސަލް ކުރީއެވެ. ކޯޓުން އަޑު އެހުން ނުބޭއްވި ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ.
ގާސިމް މަރާލާފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޓެކްސީ ދަތުރެެއްކޮށްދެނިކޮށް ހުޅުމާލޭގައި އޭނާއަށް ދިން ޙަމަލާއެއްގައެވެ. މި މައްސަލާގައި ތުހުމަތުކުރެވޭ އަދުހަމު ހައްޔަރުކޮށްފައިވަނީ، އޭގެ ދެ ހަފްތާ ފަހުންނެވެ.
އަދުހަމްގެ އަމިއްލަ އިއުތިރާފާއެކު، އެ މައްސަލައިގެ ޝަރީއަތް، އަވަސް ނިޔާއާ ހަމައަށް އައިއިރު، އަވަސް ނިޔާގެ އަޑުއެހުމުގައި، އަދުހަމް ވަނީ ގާސިމް މަރާލިކަމަށް އިންކާރުކޮށްފައެވެ.
އެންމެ ފަހުން އޮތް އަޑުއެހުމުގައި އަދުހަމް ވަނީ ދައުލަތުން ހަމަޖައްސައިދިން ވަކީލާއެކު މައްސަލައާއެކު ކުރިއަށް ދާން ބޭނުން ނުވާ ކަމަށް ބުނެފައެވެ. އޭނާ ބުނީ ދައުލަތުން އޭނާ އަށް ހަމަޖައްސައިދިން ވަކީލަކީ، އޭނާއާއި އެކު މަސައްކަތް ކުރެވޭނެ ގާބިލްކަން ހުރި ވަކީލެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި، އޭނާއާއި ބައްދަލު ނުވާތާ ވެސް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
މި ސަބަބާ ހުރެ، މައްސަލަ ބައްލަވާ ގާޒީ، އިސްމާއިލް ރަޝީދު ވަނީ އަދުހަމަށް އަމިއްލަ ވަކީލަކު ހަމަޖައްސަން ފަސް ދުވަހުގެ މުހުލަތެއް ދީފައެވެ.
ގާސިމަކީ އދ. މާމިގިއްޔަށް އުފަން މީހެކެެވެ. އަދި ގާސިމަކީ ޖުމްހޫރީ ޕާޓިގެ ލީޑަރ ގާސިމް އިބްރާހިމްގެ އާއިލީ މީހެއް ވެސް މެއެވެ.
ގާސިމް ނިޔާވިއިރު އަންބަކާއި ފަސް ދަރިން ދުނިޔޭގައި އެބަތިއްބެވެ. އެއީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު