އިންޑިޔާގައި ކޮވިޑް ވެކްސިން ޖަހަން ފެށުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަރުހަބާ ވިދާޅުވެ މިއަދު ކުރެއްވި ޓްވީޓެއްގައި އިންޑިއާގެ މިކާމިޔާބީއާއެކު ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމުގެ އުއްމީދު އާވެއްޖެ ކަމުގައި ހާމަކުރަށްވާފައި ވެއެވެ.
"ކޮވިޑުން ރައްކާތެެރިވުމަށް އިންޑިޔާގައި ވެކްސިން ޖަހަން ފެށުމާއެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށާއި އިންޑިޔާގެ ސަރުކާރަށް މަރުހަބާ އަރިސްކުރަން. މިމަސައްކަތުގައި އިންޑިއާއިން ކާމިޔާބު ހާސިލް ކުރާނެކަމަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް. މިމަސައްކަތާއެކު ކޮވިޑުން އަރައިގަތުމުގެ އުއްމީދެއް ލިބިއްޖެ." ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.
އިންޑިއާގައި ކޮވިޑުން ރައްކާތެރި ވުމަށް ތައްޔާރުކުރި ދެ ވެކްސިން އިއްޔެވަނީ ޖަހަން ފަށައިފައެވެ. މި ދެ ވެކްސިން ޖެހުމުގެ ހުއްދަ އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ދީފައިވަނީ ވެކްސިންގެ ތިންވަނަ މަރުހަލާގެ ތަހުލީލުތައް ކުރިއަށް ދަނިކޮށެވެ. އިންޑިއާއިން ބުނީ ފައިޒާގެ ވެކްސިން ވެސް ޖަހަންފެށީ ތަހުލީލުތަކުގެ ތިން ވަނަ މަރުހަލާގައި ވަނިކޮށް ކަމަށްވާތީ ވަރަށް ބޮޑު ޔަގީންކަމެއް ލިބިފައިވާ މި ދެވެކްސިން ބޭނުން މުރަން ފެށުމަކީ މައްސަލައެއް ނޫންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު