ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވުމަށް މާދަމާ ހުޅުވާލާނެ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤު ވިދާޅުވެފައިވަނީ، ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވުމަށް މާދަމާ ހުޅުވާލާނެ ކަމަށެވެ. އެގޮތުން ވެކްސިން ޖެހުމުގައި އިސްކަންދިނުމަށް އެޗްޕީއޭއިން ކުރިން ނިންމައި އިޢުލާނު ކޮށްފައިވާ ފަރާތްތަކުން އެކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލްގައި ރަޖިސްޓްރީވުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
މިގޮތުން ރަޖިސްޓްރީވުމަށް އެންމެ ފުރަތަމަ ހުޅުވާލާނީ ސިއްޙީ ޚިދުމަތްތެރިންނާއި، ސޯޝަލް ކެއަރ ވޯކަރުންނަށެވެ.
އަދި އެ ޕޯޓަލް މެދުވެރިކޮށް އެފަރާތެއްގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާ ކުރުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.
ރާއްޖޭގައި ފުރަތަމަ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ސަފުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނާއި ސިއްޙީ ގޮތުން އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށެވެ. ވެކްސިންގެ 3 އިންސައްތަ ޚާއްޞަކުރަން ހަމަޖެހިފައިވަނީ ކޯވިޑް-19 ޙާލަތާއި ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި 17 އިންސައްތަ ޚާއްޞަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.
ރާއްޖެއަށް ވެކްސިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކޮވެކްސް ފެސިލިޓީގެ ދަށުން އާބާދީގެ 20 އިންސައްތަ އަށް ވެކްސިން ހިލޭ ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ވަނީ ލިބިފައެވެ. އަދި އެހެނިހެން ގޮތްގޮތުންވެސް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ހުރިހާ ރައްޔިތުންނަށްވެސް ވެކްސިން ހިލޭ ޖަހާދޭނެކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.
ސަރުކާރުން ބުނެފައި ވަނީ މިމަހުގެ ފަހުކޮޅު ވެކްސިންގެ ކޮންމެވެސް މިންވަރެއް ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 14،514 އަށް އަރާފައެވެ. އަދި މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 917 ގައެވެ.

*️⃣ Registration for COVID19 vaccination is now open at https://t.co/EQ4zqj3X4E
— Health Protection Agency (@HPA_MV) January 17, 2021
▫️We are currently focusing on registering healthcare personnel in the Maldives.
◾️Please register and provide us with your most up-to-date information. pic.twitter.com/OSCfl6Oaei
އަދި އެ ޕޯޓަލް މެދުވެރިކޮށް އެފަރާތެއްގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާ ކުރުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.
ރާއްޖޭގައި ފުރަތަމަ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ސަފުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނާއި ސިއްޙީ ގޮތުން އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށެވެ. ވެކްސިންގެ 3 އިންސައްތަ ޚާއްޞަކުރަން ހަމަޖެހިފައިވަނީ ކޯވިޑް-19 ޙާލަތާއި ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި 17 އިންސައްތަ ޚާއްޞަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.
ރާއްޖެއަށް ވެކްސިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކޮވެކްސް ފެސިލިޓީގެ ދަށުން އާބާދީގެ 20 އިންސައްތަ އަށް ވެކްސިން ހިލޭ ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ވަނީ ލިބިފައެވެ. އަދި އެހެނިހެން ގޮތްގޮތުންވެސް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ހުރިހާ ރައްޔިތުންނަށްވެސް ވެކްސިން ހިލޭ ޖަހާދޭނެކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.
ސަރުކާރުން ބުނެފައި ވަނީ މިމަހުގެ ފަހުކޮޅު ވެކްސިންގެ ކޮންމެވެސް މިންވަރެއް ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 14،514 އަށް އަރާފައެވެ. އަދި މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 917 ގައެވެ.
ކިޔުންތެރިންގެ ހިޔާލު