ދިވެހި ރުފިޔާގެ ވަގު ނޫޓު ދައުރުވާ ކަމަށް މީސްމީޑިޔާގައި ފަތުރަމުންދާ ވާހަކަ ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދޮގުކޮށްފި އެވެ.
ދިވެހި ރުފިޔާގެ 500 ރުފިޔާގެ ވަގު ނޫޓުތަކެއް ދައުރުވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން މީސްމީޑިއާގައި ބުނަމުންދާތީ ސުވާލުކުރުމުން އެމްއެމްއޭގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި ފެންނަ -/500 ރުފިޔާގެ ނޫޓުގެ ސައްހަކަން އެތަނުން ކަށަވަރުކޮށްފައި ވާ ކަމަށެވެ. އޭނާ ވިދާޅުވީ އެކަން ކުރީ އެމްއެމްއޭއަށް އެ ނޫޓު ގެންގޮސްގެން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ނޫޓުގައި ކުލައެއް ޖެހިފައި ހުރީ ކެމިކަލެއްގެ ސަބަބުންނެވެ. ނަމަވެސް، އެއީ ހަމަ ސައްހަ ނޫޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހި ރުފިޔާ އަދި އެ ނޫން ވެސް ފައިސާއެއްގެ ސައްހަ ކަމާމެދު ސުވާލު އުފެދިއްޖެ ނަމަ އެ ތަނަށް އެންގުމަށް އެމްއެމްއޭއިން އިލްތިމާސްކުރެއެވެ.
މިނިވަން ފަންސާހުގެ މުނާސަބަތުގައި އަލަށް ނެރުނު ދިވެހި ރުފިޔާގެ ނޫޓުތަކަށް ދީފައިވާ ނަމަކީ "ރަން ދިހަ ފަހެއް" އެވެ. 2015 ވަނަ އަހަރު ނެރުނު މި ނޫޓުތަކާއެކު އޭގެ ކުރިން ބޭނުންކުރި ނޫޓުތަށް ބޭނުން ކުރުން ވަނީ ހުއްޓާލާފައެވެ. ފޮލިމާ ކަރުދާހުގައި ޗާޕުކުރާ "ރަން ދިހަ ފަހެއް" ގައި ހިމެނެނީ 10، 20، 50، 100، 500 އަދި 1000ރ. ގެ ނޫޓެވެ.

ކިޔުންތެރިންގެ ހިޔާލު