އަމިއްލަ ފަރާތްތަކުން ހިންގާ ކުދި ވިޔަފާރިތަކަށް ފުރުސަތު ހަނިވާ ގޮތަށް ސަރުކާރުން ސްމޯލް-ސްކޭލް ވިޔަފާރި ހިންގާނަމަ، ރައްޔިތުންގެ އަތުން ޓެކްސް ނެގުމުގެ މާނައެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވީ، އޭނާ މިއަދު ކުރެއްވި ޓްވީޓަކާ ގުޅިގެން "ރަސް އޮންލައިން"އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ސައުދުގެ އެ ޓްވީޓްގައި ވިދާޅުވީ، ވެރިކަމަށް އައުމަށް ކޮންމެ ބަޔަކު ވެސް ރައްޔިތުން ބާރުވެރިކޮށް ޖީބުތައް ބަރުކޮށްދޭނެ ކަމަށް ވައުދުވާ ކަމަށެވެ. އެކަމަކު ވެރިކަން ލިބުމުން އެކަން ހަނދާންނެތި އުޅެނީ އުނގު ވިޔަފާރީ ކުރުމުގައި ކަމަށެވެ.
ސައުދު ވަނީ މިއީ ހެޔޮ ވެރިކަންތޯ ވެސް ސުވާލު އުފައްދަވާފައެވެ.
ސަޢުދު ވަނީ ސަރުކާރުން ރައްޔިތުންގެ އަތުން ގިނަ ނަންނަމުގައި ޓެކްސްތައް ނަގާކަން ވެސް ފާހަގަކުރައްވާފައެވެ.
ބެލެވޭ ގޮތުގައި ސައުދުގެ ޓްވީޓްގައި އިޝާރާތް އެ ކުރައްވަނީ ސަރުކާރު ހިއްސާވާ ވިޔަފާރި ކުންފުނި ތަކުން ރީޓެއިލް ކުދި ވިޔަފާރި ތަކުގައި ވެސް ހަރަކާތްތެރިވާ މައްސަލައަށެވެ. އޭގެ ސަބަބުން އަމިއްލަ ފަރާތްތަކުގެ ކުދި ވިޔަފާރިއަށް އަސަރުކުރާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

Ethah TAX eh rai’yyithun athun..! Vote aai dhimaakoh verikan beynunvaairu rai’yyithun baaruverikurumuge vaudhu, jeebu thah bodukohdheyne kamuge vaudhu.Verikan libuneema hurihaa sarukaarakunves ulhenee ungu viyafaari kurumugai varubali kameh nethi.. Meetho heyo kamuge maana akee??
— Ahmed Saud (@ammadaysaud) January 18, 2021
ސައުދު ވަނީ މިއީ ހެޔޮ ވެރިކަންތޯ ވެސް ސުވާލު އުފައްދަވާފައެވެ.
ސަޢުދު ވަނީ ސަރުކާރުން ރައްޔިތުންގެ އަތުން ގިނަ ނަންނަމުގައި ޓެކްސްތައް ނަގާކަން ވެސް ފާހަގަކުރައްވާފައެވެ.
ބެލެވޭ ގޮތުގައި ސައުދުގެ ޓްވީޓްގައި އިޝާރާތް އެ ކުރައްވަނީ ސަރުކާރު ހިއްސާވާ ވިޔަފާރި ކުންފުނި ތަކުން ރީޓެއިލް ކުދި ވިޔަފާރި ތަކުގައި ވެސް ހަރަކާތްތެރިވާ މައްސަލައަށެވެ. އޭގެ ސަބަބުން އަމިއްލަ ފަރާތްތަކުގެ ކުދި ވިޔަފާރިއަށް އަސަރުކުރާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު