ނިރުބަވެރި ޖަމާއަތްތަކާއެކު ސީރިއާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ފަހު ރާއްޖެ އައި ކަމަށް ބުނެ ހައްޔަރުކޮށްފައިވާ މީހާ ބަންދުން ދޫކޮށްލައިފިއެވެ.
މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކުރި އުމުރުން 34 އަހަރުގެ ދިވެއްސެއް ކަމަށްވާ އެ ފިރިހެން މީހާގެ މައްސަލައިގައި ފުލުހުން މިއަދު ބުނީ، އޮކްޓޯބަރު 15 ވަނަ ދުވަހުގެ ރޭ ހައްޔަރު ކުރި އެމީހާ ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ބެހެއްޓުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.
އޭނާ ދޫކޮށްލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު 3ގައި ކަން ފުލުހުން ހާމަކުރިއެވެ.
ފުލުހުން ބުނީ، އޭނާ ދޫކޮށްލާފައި ހުންނަ ހުރުމުގައި މޮނިކޮން އަމުރުގެ ދަށުން ފުލުހުން އޭނާގެ ކަންކަން ބަލާ މޮނީޓަރ ކުރަމުންދާނެ ކަމަށެވެ.
އެމީހާއަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމަށްފަހު އެނބުރި ރާއްޖެ އައި ކަމަށް ތުހުމަތުކުރެވޭ މީހެކެވެ.
މި މީހާ ދޫކޮށްލި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު