އިދިކޮޅު ކޯލިޝަނުން މައްސަލަ ހުށައެޅުމަށް ކޯޓަށް ގޮސް ކޯޓު ބޭރުގައި
އިދިކޮޅު ކޯލިޝަނުން މައްސަލަ ހުށައެޅުމަށް ކޯޓަށް ގޮސް ކޯޓު ބޭރުގައި
ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނެތް ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ސިވިލް ކޯޓަށް މިއަދު ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް އެކޯޓުން ނިންމައިފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމުގެ ހަމަހަމަ ފުރުސަތެއް ނެތްކަމަށް ބުނެ އިދިކޮޅުން މައްސަލަ ހުށަހަޅާފައި ވާއިރު، އިންތިޚާބަށް ކެމްޕޭން ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން އަދި ހުޅުވާލާފައެއް ނުވެއެވެ. އަދި އިންތިޚާބަށް ކެމްޕޭންކުރުމުގެ ހަމަހަމަ ފުރުޞަތު ހުރިހާ ފަރާތްތަކަށް ނުލިބޭނަމަ، އިންތިޚާބަށް އިއުލާނު ނުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ ކޮމިޓީގައިވެސް ވަނީ ބުނެފައެވެ.

މިއަދު ސިވިލްކޯޓު ސަރަޙައްދުގައި އިދިކޮޅުގެ އިސްވެރިން ވިދާޅުވެފައިވަނީ، އެބޭފުޅުންގެ ކަންބޮޑުވުމަކީ، ސަރުކާރުގެ އިސް ވެރިން ރަށްރަށަށް ވަޑައިގެން އެމްޑީޕީއަށް ކެމްޕޭން ކޮށްދޭ މައްސަލަ ކަމަށެވެ. އަދި މާލެއިން ރަށްރަށަށް ދަތުރުނުކުރެވޭ ކަމަށް ބުނެ އިދިކޮޅު ކެނޑިޑޭޓުންގެ ކެމްޕޭން ކުރުމުގެ ޙައްޤަށް ސަރުކާރުން އަރައިގަންނަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ތާވަލު ކުރީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި އައު ކައުންސިލަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ދެމިތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ.

އަދި ކޯވިޑް-19 ގެ ސަބަބުން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބު، މިއަންނަ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނައިރު އެކަމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް އިންތިޚާބާބެހޭ ޚާއްސަ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން މިހާރު މިވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން