އެއް ބަޔަކު ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓްކުރަމުން ދާއިރު އަނެއް ބަޔަކު އެސިނާއަތުގެ އަގުވައްޓާލަމުންދާ ކަމަށް ވިދާޅުވެ ރާއްޖޭގެ މޫދާއި ގޮނޑުދޮށްތައް ގޮނޑު ވަމުންދާ މައްސަލައިގާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.
ބޮންޑޭ މިހެން ވިދާޅުވީ، ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން މިހާރުވެސް ޗުއްޓީ ހޭދަކުރަމުންދާ ކ. މާފުށީގެ މޫދުން ފެށިގެން އަތިރިމައްޗާއި ރަށު ތެރެ ގޮނޑުވަމުންދާތީ އެކަމަށް އިޝާރާތް ކުރައްވަމުންނެވެ.
ވަރަށް ކަންބޮޑުވުމާއެކު ބޮންޑާ ވިދާޅުވީ އެރަށް ގޮނޑުވެފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ހިއްސާކުރަަށްވަމުންނެވެ.
ބޮންޑޭގެ މި ވާހަކައަށް ރައްދު ދެއްވަމުން ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އާދިލް ސަލީމް ވިދާޅުވީ، ގްރީން ޓެކްސްގެ ނަމުގަައި ޓެކްސްއެއް ނަގަމުން އައި ނަމަ ވެސް އެ ފައިސާ ޚަރަދުކުރަނީ ކޮން ކަމަކަށް ކަމެއް ރައްޔިތުންނަށް ނޭނގޭ ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި އާދިލް ސަލީމް އެ އިޝާރާތްކުރަށްވާ ގްރީން ޓެކްސްއަކީ ފަތުރުވެރިކަމުގެ ސިނާއަތުން ދަައުލަތަށް ނަގާ ޓެކްސްގެ ވާހަކައެވެ. ގްރީން ޓެކްސް މިހާތަނަށް ނަގަނީ ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރަށް ސަފާރީތަކުގައި އަދި ރަށްރަށުގެ ގެސްޓް ހައުސްތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންގެ އަތުންނެވެ.
ރާއްޖޭގެ ޓޫރިޒަމްގައި މިހާރު އެންމެ ބޮޑު އެއްމާކެޓަކީ ގެސްޓް ހައުސްތަކެވެ. މިހާރު އެންމެ ބާރަށް ފަތުއަޑު ކިޔާފައި ކުރިއަރަމުން އަންނަ ވިޔަފާރިއަކީވެސް ލޯކަލް ޓޫރިޒަމްކަން ފާހަގަކޮށްލެވެއެވެ.
އެކަމަކު މި މައްސަލައިގައި ހިޔާލުފާޅުކުރި ގިނަ މީހުން ދެކޭ ގޮތުގައި އެ މާކެޓް އޮތް ރަށްރަށް ގޮނޑުވަމުންދާ މަންޒަރު ފެންނަ ނަމަ އެއީ މައްސަލައެކެވެ.
"ޒަމާންތަކެއް ކުރިން ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށާއި މޫދަށް ކުނި އެޅުން ވަރަށް އާންމެވެ. އޭރު އެއީ މާ ކަންބޮޑުވުން ހުރި ކަމެއް ވެސް ނޫނެވެ. އެކަމަކު ޒަމާން ބަދަލުވެ، ކަމުގެ ނުރައްކާ އެނގުމަށް ފަހު އަދުގެ ޒީލުތަކުން މިފަދަ ކަންކަން ބަލައެއް ނުގަނެއެވެ." މީހަކު ކުރި ޓްވީޓެއްގަައި ބުނެފައި ވެއެވެ.
މާފުށިން "ރަސް އޮންލައިން"އާއި ވާހަކަ ދެއްކި މީހަކު ބުނީ މުޅިރަށުގެ މޫދާއި އަތިރި މަތި ނުވަތަ ބީޗް ގޮނޑަށް ވަމުންދާ މަންޒަރު ފެނުމުން ފަތުރުވެރިން ވެސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމަށެވެ. ފަތުރުވެރިން އަތުން ގްރީން ޓެކްސް ނަގައިގެން ސަރުކާރުން ކުރަނީ ކުރަނީ ކޮންކަމެއްތޯ އެމީހުން ސުވާލު ކުރަމުންދާ ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި މިއީ ތިމާވެށީގެ ބައްޕަ ކަމަށް ހެދިގެން އުޅޭ ގައުމަކުން ވަރަށް ލަދުވެތިވާން ޖެހޭނެ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން މުޅި ދުނިޔެއަށް ރާއްޖޭގެ ނަން ހުތުރުވެ މާލާމާތް ރަށްދުވާން ފަށާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

އެއްކޮޅުން ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓް ކުރަނީއެވެ . އަނެއްކޮޅުން ޜާއްޖޭގެ ޓުއަރިޒަމް ޑީމޯޓް ކުރަނީއެވެ . !
— Ibrahim Rasheed (@BondeM4) January 18, 2021
މި މަންޒަރަކީ ކ.މާފުށީގެ މަންޒަރެކެވެ މިއަދު ގެ މަންޒަރަކެވެ !
ގެސްޓު ހައުސް އޮޕަރޭޓް ކުރާ ރަށްތައް މި ހާލަތަށް ދާއިރު ކަމާބެހޭ އިދާރާތަކަށް ހޭވެރިކަމެއް ނާދެއެވެ ! pic.twitter.com/zzaIjku0nJ
އެކަމަކު މި މައްސަލައިގައި ހިޔާލުފާޅުކުރި ގިނަ މީހުން ދެކޭ ގޮތުގައި އެ މާކެޓް އޮތް ރަށްރަށް ގޮނޑުވަމުންދާ މަންޒަރު ފެންނަ ނަމަ އެއީ މައްސަލައެކެވެ.
"ޒަމާންތަކެއް ކުރިން ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށާއި މޫދަށް ކުނި އެޅުން ވަރަށް އާންމެވެ. އޭރު އެއީ މާ ކަންބޮޑުވުން ހުރި ކަމެއް ވެސް ނޫނެވެ. އެކަމަކު ޒަމާން ބަދަލުވެ، ކަމުގެ ނުރައްކާ އެނގުމަށް ފަހު އަދުގެ ޒީލުތަކުން މިފަދަ ކަންކަން ބަލައެއް ނުގަނެއެވެ." މީހަކު ކުރި ޓްވީޓެއްގަައި ބުނެފައި ވެއެވެ.
މާފުށިން "ރަސް އޮންލައިން"އާއި ވާހަކަ ދެއްކި މީހަކު ބުނީ މުޅިރަށުގެ މޫދާއި އަތިރި މަތި ނުވަތަ ބީޗް ގޮނޑަށް ވަމުންދާ މަންޒަރު ފެނުމުން ފަތުރުވެރިން ވެސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމަށެވެ. ފަތުރުވެރިން އަތުން ގްރީން ޓެކްސް ނަގައިގެން ސަރުކާރުން ކުރަނީ ކުރަނީ ކޮންކަމެއްތޯ އެމީހުން ސުވާލު ކުރަމުންދާ ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި މިއީ ތިމާވެށީގެ ބައްޕަ ކަމަށް ހެދިގެން އުޅޭ ގައުމަކުން ވަރަށް ލަދުވެތިވާން ޖެހޭނެ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން މުޅި ދުނިޔެއަށް ރާއްޖޭގެ ނަން ހުތުރުވެ މާލާމާތް ރަށްދުވާން ފަށާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު