ޝަހީދު ހުސައިން އާދަމް ބިލްޑިންގ
ޝަހީދު ހުސައިން އާދަމް ބިލްޑިންގ
މާލޭގައި ޒުވާން އަންހެނަކު ގެއްލިގެން ހޯދަމުންދާ ކަމަށް ބުނެ ހަގީގަތާ ޚިލާފު ދޮގު ޚަބަރު ފެތުރި މީޑިއާތަކެއް ގޮވައިގެން ފުލުހަށް ދިއުމަށް އެ އަންހެންމީހާ ނިންމައިފިއެވެ.

މާލޭގައި އުމުރުން 19 އަހަރުގެ ޒުވާން އަންހެނަކު ގެއްލިގެން އޭނާގެ އާއިލާއިން ހޯދަން ފަށާފައިވާ ކަމަށް ބުނެ އަންހެން މީހާގެ ފޮޓޯއާއެކު ބައެއް މީޑިއާތަކުން، މީޑިއާގެ އެތިކްސްއާވެސް ޚިލާފަށް އަންހެން މީހާގެ ހައްގަށް އުނިކަންލިބޭ ގޮތަށް ވަނީ އެ ޚަބަރު ފަތުރާފައެވެ.

ގެއްލިގެން ހޯދަމުންދާ އަންހެން މީހާގެ ފޮޓޯއާއި ވަނަވަރާއެކު އޭނާގެ މަންމައާ ހަވާލާދީ ނޫސްތަކުން ބުނީ މިއަދު ހެނދުނުން ފެށިގެން އޭނާ ހޯދަމުން އަންނަ ކަމަށާއި އޭނާގެ ފޯނުންވެސް ޖަވާބު ނުދޭ ކަމަށެވެ. އެ މައްސަލަ މިހާރު ފުލުހަށްވެސް ހުށަހަޅާފައިވާ ކަމަށް އޭނާގެ މަންމައާ ހަވާލާދީ ބައެއް ނޫސް ތަކުން ބުނެފފައި ވެއެވެ.

"އަޅުގަނޑުގެ ދަރިފުޅު ބްލެކްމެއިލް ކޮށްގެން އޭނާ ގެންދަނީ. އެހެންވެ އެ މައްސަލަ ކުރިންވެސް ފުލުހަށް ހުށަހެޅީ. ނަމަވެސް ފުލުހުން އަންގަނީ 18 އަހަރު ފުރިފައި ހުރި ކުއްޖެއްކަމުން އެ މައްސަލަ ނުބެލޭނެ ކަމަށް." އޭނާގެ މަންމަ ބުނި ކަމަށް އޮންލައިން ނޫހެއްގެ ޚަބަރުގައި ލިޔެފައި ވެއެވެ.

އެކަމަކު ފުލުހުން ބުނީ، އެ ފަދަ މައްސަލައެއް ހުށައެޅި ނަމަވެސް އެކަން ބެލުމުން އޭނާ ފިލާފައި ނުވާކަން އެނގިފައިވާ ކަމަށެވެ. އޭނާ ގެއިން ނުކުމެފައިވަނީ އާއިލީ މައްސަލައެއްގައި އަމިއްލަ އިހުތިޔާރުގައި ކަން ފުލުހުން ފާހަގަކުރިއެވެ.

ފުލުހުން ބުނީ، އެ އަންހެން މީހާގެ ވާހަކަތަކަށް ބަލައި އެ މައްސަލަ ބެލެން ނެތްކަން އާއިލާއަށް އަންގާފައިވާ ކަމަށެވެ.

ގެއްލިގެން ހޯދަމުންދާ އަންހެން މީހާކަމަށް މީޑިއާތަކުން ރިޕޯޓުކުރި އުލްފާގެ ފޭސްބުކްގައި ބުނީ، އޭނާ ހުރީ ހެޔޮ ހާލުގައި ކަމަށެވެ. އަދި އޭނާގެ އަގުވައްޓާލުމަށް އޭނާގެ އާއިލާގެ ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ އޭނާގެ އަގުވައްޓާލަން ދައްކާ ވާހަކަތަކެއް ކަމަށެވެ.

އުލްފާ ބުނީ، ހަގީގަތް ނުބަލައި ޚަބަރު ފެތުރި މައްސަލަ ފުލުހުންނަށް ހުށައަޅާނެ ކަމަށެވެ.

ނޯޓް: މި ޚަބަރުގައި އަންހެން މީހާގެ ފޮޓޯ ނުޖެހީ އޭނާގެ ހައްގުތަކަށް އިހުތިރާމުކުރުމާއެކު އޭނާގެ ހުއްދަ ނެތި ފޮޓޯ ހިމެނުމަކީ މީޑިއާގެ އެތިކްސްއާއި ޚިލާފު ކަމެއް ކަމަށް ވާތީއެވެ.


ކިޔުންތެރިންގެ ހިޔާލު


16

ރިޒްގާ

20-Jan-2021

އޭނާގެ ބައްޕަ ބުނި އަހަރެން ކާރީގަ އޭނާ އެ ގެއިން ދިޔައީ ފިލައިގެންނޭ މަންމަ އާއި ބައްޕަ އަށް ނޭގި ހަކުރު ބޯ މީހަކާއި އިންނަން ނުގަބޫލް ވީމަ


4

ނާން

20-Jan-2021

ޒިންމާދާރު ނޫސްވެރިކަން މިއީ



ޓްރެންޑިން