ސަރުކާރާއި އެމްޑީޕީއިން ވެސް އެދެނީ ވީހާވެސް އަވަހަކަށް އިންތިހާބު ބޭއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
އަލީ ނިޔާޒު މިހެން ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ މަސައްކަތް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.
މި ބިލް އިލެކްޝަންސް ކޮމިޝަންގެ ލަފާގެ މަތިން ގެނެސްފައި ހުރި ބަދަލުތަކާއި އެކީ ފާސްކުރުމަކީ މުހިންމު ކަމެއްކަމަށް ދެކޭ ކަމަށްވެސް އަލީ ނިޔާޒު ވިދާޅުވެފައިވެއެވެ.
"ގާނޫނީ ގޮތުން އޮތް ހުރަސްތައް ހަމައެކަނި ނައްތާލުމަކުން އިންތިހާބު ބޭއްވޭނެ ހުރިހާ ގޮތެއް ހަމަވީކީނޫން." އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
މީގެ އިތުރުން މިކަމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާނެ ކަމަށާއި ޚާއްސަކޮށް މި ގައިޑްލައިންތައް ހަދާއިރުގައި ގައިޑްލައިންތައް ވެގެން ވާނީ މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ ފަދަ ގޮތަކަށް އެކުލެވޭ ގައިޑްލައިނަކަށް ކަމަށްވެސް ނިޔާޒް ވިދާޅުވެފައިވެއެވެ.
"އިރުޝާދު ކޮންމެ ގޮތަކަށް އައި ނަމަވެސް އަޅުގަނޑުމެން ޕާޓީތަކުން ވެސް އަދި ރައްޔިތުންވެސް ގަބޫލުކުރަންޖެހޭ އެއްކަމެއް އޮވޭ. ޢާއްމު ހާލަތެއްގައި އިންތިހާބު ބޭއްވޭނެ ފަދަ ގޮތަކަށް ނޫންކަން އެ ގައިޑްލައިންތައް އޮންނާނީ." ނިޔާޒު ވިދާޅުވިއެވެ.
މިހާލަތުގައި ކެމްޕޭން ކުރުމުގައި ހުރަސްތައް ކުރިމަތިވެދާނެ ކަމަށާއި ވޯޓުލާ ދުވަހުގެ އިންތިޒާމުތަކުގައި ހުރަސްތަކެއް ހުރިކަމުގައި ވިޔަސް އެއީ އިންތިހާބު ނުބޭއްވޭނެ ފަދަ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށްވެސް އަލީ ނިޔާޒު ވިދާޅުވެފައިވެއެވެ.
އަދި މި ކަންކަމަކީ އިންތިހާބަށް ހުރަސްއެޅޭފަދަ ކަންކަން ކަމަށް މާނަކުރެވިގެން އިންތިހާބާ މެދު ގޮތެއް ނިންމަވައިފިނަމަ މި އިންތިހާބު މި ހާލަތުގައި ނުބޭއްވޭނެ ކަމަށްވެސް ނިޔާޒު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު