އިންޑިއާ އިން ރާއްޖެއަށް ފޮނުވާ އެއްލައްކަ ޑޯޒް ކޮވިޑް ވެކްސިން މާދަމާ ރާއްޖެއަށް ގެންނާނެ ކަމަށް އެޤައުމުގެ ބޮޑެތި ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
އިންޑިއާގެ ދަ އިންޑިއަން އެކްސްޕުރެސްގައި ރިޕޯޓްކޮށްފައިވާ ގޮތުން ރާއްޖެއަށް ފޯރުކޮށްދޭނީ އޮކްސްފޯޑް އެސްޓްރަޒެނެކާއިން އުފައްދާ "ކޮވިޝީލްޑު" ވެކްސިނެވެ. ކޯވިޑް-19 އާ ދެކޮޅަށް ވެކްސިންޖެހުމުގެ ބޮޑު ޙަރަކާތެއް އިންޑިއާއިން ފަށާފައިވާއިރު އެ ޕްރޮގްރާމްގައިވެސް މި ވެކްސިން ދަނީ ބޭނުން ކުރަމުންނެވެ. ކޯވިޑް-19 އާ ގުޅިގެން އިންޑިއާ އިން ވަނީ އެޤައުމުގެ އަމިއްލަ ވެކްސިނެއްވެސް އުފައްދާފައެވެ. އެއީ އިންޑިއާގެ ބާރާތު ބަޔޯޓެކުން އުފައްދާފައިވާ ކޯވެކްސިނެވެ.
އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރާ ކޮވިޝީލްޑު ވެކްސިންގެ ފުރަތަމަ ޝިޕްމަންޓު މާދަމާ މެންދުރު އެއާ އިންޑިއާގެ ފްލައިޓެއްގައި ރާއްޖެ ގެންނާނެ ކަމަށް ވެސް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
އިންޑިއާގެ އެހީގައި ހެދި ސިންތެޓިކް ޓްރެކް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ސަފީރު ސަންޖޭ ސުދީރް ވިދާޅުވީ ބޭސް އުފައްދާ އެންމެ ބޮޑު ގައުމުގެ ހައިސިއްޔަތުން އަވަށްޓެރިންނަށް އިންޑިއާ އިން ވެކްސިން ފޯރުކޮށްދޭނެ ކަމަށާއި، އޭގެ ތެރެއިން ވެސް ރާއްޖެއަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.
ރާއްޖެއަށް ކޯވިޑް-19 ގެ ވެކްސިން ހޯދުމާގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއާ ދިވެހި ސަރުކާރުން މިހާރު ވަނީ މަޝްވަރާކޮށްފައެވެ. އަދި މިއަހަރުގެ ފުރަތަމަ ކްއާޓާގައި ރާއްޖެއަށް ކޯވިޑް-19 ވެކްސިން ފުރަތަމަ ޝިޕްމަންޓް ލިބި، ވެކްސިން ޖަހަން ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ފުރަތަމަ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ސަފުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނާއި ސިއްޙީ ގޮތުން އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށެވެ. ވެކްސިންގެ 3 އިންސައްތަ ޚާއްޞަކުރަން ހަމަޖެހިފައިވަނީ ކޯވިޑް-19 ޙާލަތާއި ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި 17 އިންސައްތަ ޚާއްޞަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.
ރާއްޖެއަށް ވެކްސިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކޮވެކްސް ފެސިލިޓީގެ ދަށުން އާބާދީގެ 20 އިންސައްތަ އަށް ވެކްސިން ހިލޭ ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ވަނީ ލިބިފައެވެ. އަދި އެހެނިހެން ގޮތްގޮތުންވެސް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ހުރިހާ ރައްޔިތުންނަށްވެސް ވެކްސިން ހިލޭ ޖަހާދޭނެކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.

Sources: #Maldives 1st country to receive #Covid vaccine from India tomorrow.1st batch of #Covishield to reach Male airport via @airindiain flight on 20th Jan at 2pm. With financial aid of 250mln USD, Maldives largest COVID assistance recipient in India’s neighbourhood @ibusolih
— Smita Sharma (@Smita_Sharma) January 19, 2021
ރާއްޖެއަށް ކޯވިޑް-19 ގެ ވެކްސިން ހޯދުމާގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއާ ދިވެހި ސަރުކާރުން މިހާރު ވަނީ މަޝްވަރާކޮށްފައެވެ. އަދި މިއަހަރުގެ ފުރަތަމަ ކްއާޓާގައި ރާއްޖެއަށް ކޯވިޑް-19 ވެކްސިން ފުރަތަމަ ޝިޕްމަންޓް ލިބި، ވެކްސިން ޖަހަން ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ފުރަތަމަ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ސަފުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނާއި ސިއްޙީ ގޮތުން އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށެވެ. ވެކްސިންގެ 3 އިންސައްތަ ޚާއްޞަކުރަން ހަމަޖެހިފައިވަނީ ކޯވިޑް-19 ޙާލަތާއި ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި 17 އިންސައްތަ ޚާއްޞަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.
ރާއްޖެއަށް ވެކްސިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކޮވެކްސް ފެސިލިޓީގެ ދަށުން އާބާދީގެ 20 އިންސައްތަ އަށް ވެކްސިން ހިލޭ ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ވަނީ ލިބިފައެވެ. އަދި އެހެނިހެން ގޮތްގޮތުންވެސް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ހުރިހާ ރައްޔިތުންނަށްވެސް ވެކްސިން ހިލޭ ޖަހާދޭނެކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު