ރައްޔިތުންގެ ފައިސާއަށް މިސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި މާލޭގެ މަގުތައް ތަރައްޤީކުރިއިރު، ތާރުއަޅާފައިވާ މަގުތަކުގެ ތާރުގަނޑު ކަނޑައިގެން އަލުން މަގުހަދަން ޖެހިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކު ވިދާޅުވުމާއި ގުޅިގެންނެވެ.

"ތާރު މަގު ގައި ފެން ބޮޑެއް ނުވޭ. އަހަރެމެންނަކީ ދިވެހިން. އަދި 2 ލޯ ހުރީ ސަލާމަތުން. ތި އުޅެނީ ވައްކަމެއް ކޮށްލެވޭތޯ. ރައްޔިތުންގެ ފައިސާއަށް މިމީހުން ހަދަނީ ހަދާނެ އެއްޗެއް." ޝުޖާޢު ވިދާޅުވެފައިވެއެވެ.

މޫސާ އަލިމަނިކް ވިދާޅުވެފައިވަނީ ތާރުމަގުތަކުގައި އަޅާފައިހުރި ތާރުތައް ކަނަޑައިގެން އަލުން މަގުތައް މަރާމާތުކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެއީ އެއްވެސް ޕްލޭނެއްނެތި ކޮށްފައި ހުރި ކަމެއްކަން ފާހަގަކުރައްވައިފައިވެއެވެ. މީގެއިތުރުން ތާރުގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އަލުން ހޮޅިލައިން އަޅަން ޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މުޢިއްޒު ހަތް އަހަރު ދުވަހު ވަޒީރުކަމުގައި ހުންނަވައިގެން ދިވެހި ރައްޔިތުންނަށް ނަތީޖާއެއް ނެރެނުދެވުނު ކަމުގައި ވެސް ސަރުކާރުގެ މަގުހަދާ ކުންފުނީގެ ވެރިޔާ ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ްްއިލެކް

20-Jan-2021

ކީއް ކުރާނީ ދޯ ލަދު ބައެތް ގެ ނެތިއްޖިއްޔާ



ޓްރެންޑިން