އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންެ ބައްދަލުވުމެއްގައި ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލް ރަހީމް އަބްދުﷲ ވާހަކަ ދައްކަވަނީ -- ފޮޓޯ: ޕީޕީއެމް ޕީއެންސީ ކޯލިޝަން
އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންެ ބައްދަލުވުމެއްގައި ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލް ރަހީމް އަބްދުﷲ ވާހަކަ ދައްކަވަނީ -- ފޮޓޯ: ޕީޕީއެމް ޕީއެންސީ ކޯލިޝަން
އިއްޔެ ދިވެހިރާއްޖެ ގެނައި އިންޑިޔާގެ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެއްޗްއޯ) ގަބޫލުކުރާ ވެކްސިނެއް ނޫން ކަމަށާއި އެ ވެކްސިން އޮތީ ތަހްލީލު ކުރުމުގެ މަރުޙަލާގައި ކަމަށް އިދިކޮޅު ޕްރޮގްރެސް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ޕާޓީތަކުން އުފައްދާފައިވާ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ބަލިތަކުން ދިފާއުވުމަށް ޖަހާ ވެކްސިނަކީ އެ ވެކްސިނަކާއި ގުޅޭގޮތުން ގިނަ ތަހުލީލުތަކެއް ކުރުމަށްފަހު، ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ސިއްހަތާ ބެހޭ މާހިރުންގެ ރައުޔާއި އެއްގޮތަށް އުފައްދާ އެއްޗެއް ކަމަށެވެ. އަދި ބުނީ ކިތަންމެ ބޮޑު ހަރަދެއް ކޮންގެން ނަމަވެސް، ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖެ ގެންނަންވާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގަބޫލުކުރާ، އެންމެ ފެންވަރު ރަނގަޅު، އަދި ވެކްސިންގެ ރައްކާތެރިކަން އެ ޖަމިއްޔާއިން ކަށަވަރުކޮށްދީފައިވާ ވެކްސިނެއް ކަމަށެވެ.

"ސަރުކާރުން މިހާރު ރާއްޖެ ގެނެސްފައިވާ ވެކްސިންއަކީ ޑަބްލިއުއެޗްއޯ އިން އަދި ގަބޫލުކުރާ ވެކްސިނެއް ނޫން ކަމަށް މި ކޯލިޝަނަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެ ވެކްސިން އަކީ ތަހުލީލު ކުރުމުގެ މަރުހަލާގައި މިވަގުތު ހުރި ވެކްސިނެކެވެ. އަދި އެ ވެކްސިނަކީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ވެކްސިން އެޕްރޫވްކުރާ ކޮމިޓީއިން ހުއްދަ ދީފައިވާ އެއްޗެއް ނޫންކަމަށް ވެސް މި ކޯލިޝަނަށް މައުލޫމާތު ލިބިފައިވެއެވެ." ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

ބަޔާނުގައި ބުނީ ވެކްސިން ޖެހުމުން އުފެދޭ ތަފާތު "ރިއެކްޝަންސް" ތަކާއި މެދު ސަމާލުވެ، ފަރުވާ ކުރެވޭނެ ގޮތްތައް ދެނެގަނެވިފައިވާ އެއްޗަކަށް އިންޑިއާއިން ފޯރުކޮށްދިން ވެކްސިން ވާންޖެހޭނެ ކަމަށެވެ.

އެކޯލިޝަނުން އެންމެ އިސްކަންދެނީ ދިވެހި ރައްޔިތުންގެ އާންމު ސިއްހަތާއި ދުޅަހެޔޮކަމަށް ކަމަށާއި އަދި އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން ވެކްސިނަކީ ތަޙުލީލު ކުރުމުގެ މަރުޙަލާއެއްގައި އޮތް ވެކްސިނަކަށް ވެފައި، ދުނިޔޭޣެ ސިއްހަތު ޖަމިއްޔާއިން ބަލައިގަނެފައިވާ ވެކްސިނަކަށް އެ ނުވުމުން އެ ވެކްސިން ދިވެހިން ބޭނުން ނުކުރުމަށް އެދޭ ކަމަށް އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އިންޑިޔާގެ ވެކްސިން ނުޖެހުމަށް އިދިކޮޅުން ގޮވާލާފައިވާއިރު، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ކޯވިޑް-19 އިން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިން ހިލޭ ދޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހް އިއްޔެ ދެއްވިއެވެ.

ގައުމާ މުހާތަބް ކުރައްވައި ދެއްވި ހިތޯބުގައި ރައީސް ވިދާޅުވީ އަމާޒަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން ކަމަށެވެ.

ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް އިއްޔެ ރާއްޖެ ގެނެސްފައި ވާއިރު، ރާއްޖެއަށް އިތުރަށް ބޭނުންވާ ވެކްސިންވެސް ލިބޭނެ މަގުތައްވެސް މިހާރު ފަހިވެފައި ވާކަމަށް ސަރުކާރުން ބުނެއެވެ.

އިދިކޮޅުން ވެކްސިނާމެދު ސުވާލު އުފެއްދި ނަމަވެސް އިއްޔެ ވެކްސިން ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ހިލޭ ފޯރުކޮށްދިނީ އޮކްސްފޯޑް އެސްޓްރަޒެނެކާއިން އުފައްދާ "ކޮވިޝީލްޑު" ވެކްސިން ކަމަށެވެ. މިއީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިންވެސް މިހާރު ރައްކާތެރި ވެކްސިނެއްކަމަށް ކަނޑައަޅާފައިވާ ވެކްސިނެއް ކަމަށާއި، މި ވެކްސިން ވަނީ ޓެސްޓިން 3 ފަށަލަވެސް ފުރިހަމަ ކޮށްފައިކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ރާއްޖެ އަކީ އިންޑިއާއިން ހިލޭ ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމުކަމަށެވެ. އަދި މި ވެކްސިން އުފައްދާ ސިރަމް އިންސްޓިޓިއުޓަކީ ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުނިކަންވެސް ޝާހިދު ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ްއިލެކް

23-Jan-2021

ކޮންމެކަމެއްވެސް ސިޔާސީކުރެވޭތޯ ބަލާތި މީހަމަ ވެރިކަން ނުލިބިގެން ތެޅޭތެޅުން ކޮންމެެއެއްޗެކޭކިޔަސް ކޮށްފަހުރިވައްކަން ބަލާފަ އަދަބު ދޭނެ


-6

ޢަލީ ސަޢީދު

23-Jan-2021

އެހެންވީއިރު ވަގު ޖަލުގައިއޮވެގެންތައްޔާރުކުރާގޮރު ވެކުސިން ވަގުންޖަހަންވީނުން ނުކުރޭނެ ޖަހާކައް



ޓްރެންޑިން