އެމެރިކާއިން އަނެއްކާވެސް ކްލައިމެޓް އެގްރީމެންޓާ ގުޅުމަކީ ލިބުނު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ، އެމެރިކާގެ ރައީސްކަމާ ޖޯ ބައިޑެން ހަވާލުވެވަޑައިގެން ޕެރިސް ކްލައިމެޓް އެގްރީމަންޓް ގައި އަލުން ބައިވެރިވެވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި އުފާފުޅެއް ކަމަށެވެ. އަދި ވިދާޅުވީ، އެއީ މުޅި ދުނިޔެ ގުޅިގެން ތިމާވެށި ރައްކާތެރި ކުރުމަށް ކުރާ މަސައްކަތަށް ލިބުނު ކާމިޔާބެއް ކަމަށެވެ.
ޖޯ ބައިޑެން އެމެރިކާގެ ރައީސް ކަމުގެ ހުވާ ރޭ ކުރައްވާފައި ވާއިރު، އެމަނިކުފާނު ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހުގެ މިހާތަނަށް ވެސް މުހިންމު ގިނަ ނިންމުންތަކެއް ނިންމަވާފައެވެ.
އެގޮތުން ބައިޑެން ވަނީ އެމެރިކާގެ ކުރީގެ ސަރުކާރުން ނެރެފައިވާ "މުސްލިމް ބޭން" އަމުރު ނިމުމަކަށް ގެނެސްފައެވެ. "މުސްލިމް ބޭން"އަކީ ޓްރަމްފްގެ ސަރުކާރުން މުސްލިމުންނާ ދެކޮޅަށް އެޅި ވަރަށް ބޮޑު ދަތިކުރުމުގެ ފިޔަވަޅެކެވެ. އެ އަމުރުގެ ސަބަބުން މުސްލިމް މެޖޯރިޓީ އޮންނަ ގިނަ ގައުމުތަކުގެ މުސްލިމުންނަށް އެމެރިކާއަށް އެތެރެ ނުވެވެއެވެ.
ފުރަތަމަ ދުވަހު ނިންމެވި ނިންމެވުންތަކުގެ ތެރޭގައި ބައިޑެން ވަނީ އެމެރިކާގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޯވިޑް-19އިން ރައްކާތެރި ވުމަށް، އެ ގައުމުގައި މާސްކް އެޅުން މަޖުބޫރުކޮށްފައެވެ.
ހަމައެހެންމެ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅުން ކަނޑާލުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމާފައިވާ ނިންމުން ބާތިލުކޮށް، ބައިޑެން ވަނީ އެ ޖަމިއްޔާއާ އެކު ކުރިއަށް ވަޑައިގެންނެވުމަށް ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު