އަދުހަމް (ކ) ގާސިމް (ވ)
އަދުހަމް (ކ) ގާސިމް (ވ)
އުމުރުން 59 އަހަރުގެ ޓެކްސީ ޑްރައިވަރު، ޤާސިމް ހަސަން މަރާލި މައްސަލައިގައި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު ޝަރީޢަތަށް ބަޔާނެއް ދޭން ބޭނުންވާކަމަށް ބުނެފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި މައްސަލައިގެ އަޑުއެހުމުގައި ބަޔާނެއް ދޭން ބޭނުންވާ ކަމަށް އަދުހަމް ބުނުމުން، ގާޒީ ވަނީ އޭނާއަށް އެ ފުރުސަތު ދީފައެވެ. އަދި އެފުރުސަތު ދިނުމުގެ ގޮތުން ގާޒީ ވަނީ، މިއަދުގެ އަޑުއެހުން ކުރުކޮށްލައި އެހެން އަޑު އެހުމެއް ތާވަލުކޮށްފައެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިމަހުގެ 17 ވަނަ ދުވަހު ވެސް ކްރިމިނަލް ކޯޓުގައި ތާވަލުކުރިއެވެ. ނަމަވެސް އެ އަޑުއެހުން ނުބޭއްވީ، އަދުހަމާއީ އޭނާގެ ގާނޫނީ ވަކީލުގެ ބައްދަލުވުން އެ ދުވަހަށް ހަމަޖެހިފައިވާތީ، އެފުރުސަތު ދިނުމުގެ ގޮތުންނެވެ.

ދެން މިމައްސަލަައިގެ އަޑުއެހުމެއް ބާއްވާނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.

2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭ އިހާނެތި ގޮތަކަށް، ވަޅިން ހަމަލާދީ މަރާލާފައި އޮއްވައި ގާސިމް ފެނުނީ ހުޅުމާލޭ ރީތިގަސްމަގުންނެވެ. އޭނާ ވެއްޓިފައި އޮތް ސަރަހައްދާއި މާ ދުރު ނޫން ހިސާބެއްގައި އޭނާ ދުއްވި ކާރުވެސް އޮތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން