އެއާޕޯޓެއް ތަރައްގީކޮށްފައިވާ ހއ ހޯރަފުށީގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫޢުގައި ހިމެނެނީ ހޯރަފުށީގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް (ގްރޯއިންސް) ނުވަތަ މޫދު ތެރެއަށް ހުރަހަށް ހަދާ ތޮށިލުމުގެ މަސައްކަތެކެވެ. މީގެ ތެރޭގައި ހިމެނެނީ 50 މީޓަރުގެ 5 ތޮށްޓާއި 30 މީޓަރުގެ އެއް ތޮށި ގާއިމުކުރުމުގެ މަސައްކަތެެވެ.
ހޯރަފުށީ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތަކީ ސަރުކާރުން 6.34 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢުއެކެވެ.
ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރި މި މަސައްކަތަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރަން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޝަނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
މި މަސައްކަތް ނިންމަން އެއްބަސްވެފައި ވަނީ 75 ދުވަހުގެ ތެރޭގައެވެ.
ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަކީ ހޯރަފުށްޓަށް ވެސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ.
ހާއްސަކޮށް އެއާޕޯޓް އެޅުމަށް ފަޅު ހިއްކުމާ ގުޅިގެން މި މައްސަލަ އިތުރަށް ގޯސްވިއެވެ.

ކިޔުންތެރިންގެ ހިޔާލު