ކ.މާފުށިން އެކަނި މަހަށް ފުރި އުމުރުން ދުވަސްވީ ފިރިހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ 18 ފޫޓުގެ ރިޔަލު ދޯންޏެއްގައި މާފުށިން އެކަނި މަހަށް ފުރި 81 އަހަރުގެ ފިރިހެނެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް މާލެ އޭރިއާ އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 81 އަހަރުގެ އަހުމަދު އާދަމް މަނިކް އެވެ. އޭނާ އަކީ ވާހަކަ ދެއްކުމުން މަހްރޫމްވެފައިވާ މީހެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އޭނާގެ ހަބަރެއް ނުވެގެން އުޅެނީ ފަތިހު 5:30 ހާއިރު ފުރި ގޮތަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު މެންދުރު 14:08 ހާއިރު އެވެ. އެމީހާއަކީ މީގެ ކުރިން އެކަނި މަހަށް ނިކުތް މީހެއް ނޫންކަމަށާއި، އޭނާ މަހަށް ނިކުތް ބޮއްކުރާއަކީ ރަށުގައި ކެފޭ ރެސްޓޯރަންޓް ހިންގަމުން އަންނަ މީހެއްގެ ބޮއްކުރައެއް ކަމަށް މާފުށީ ކައުންސިލާ ޙަވާލާދީ ބައެއް އޮންލައިން ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.

18 ft ge riyalu dhoani eh gai K.Maafushin ekani mahah furi 81 aharuge firihennehge Khabareh nuvegen MNDF Male Area in harakaitheri vanee. Mihaadhisaage report libifai vane 14:08 haairu. pic.twitter.com/plgdlpFSLc
— Maldives National Defence Force (@MNDF_Official) January 21, 2021
އޭނާގެ ހަބަރެއް ނުވެގެން އުޅެނީ ފަތިހު 5:30 ހާއިރު ފުރި ގޮތަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު މެންދުރު 14:08 ހާއިރު އެވެ. އެމީހާއަކީ މީގެ ކުރިން އެކަނި މަހަށް ނިކުތް މީހެއް ނޫންކަމަށާއި، އޭނާ މަހަށް ނިކުތް ބޮއްކުރާއަކީ ރަށުގައި ކެފޭ ރެސްޓޯރަންޓް ހިންގަމުން އަންނަ މީހެއްގެ ބޮއްކުރައެއް ކަމަށް މާފުށީ ކައުންސިލާ ޙަވާލާދީ ބައެއް އޮންލައިން ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު