ރާއްޖޭގައި ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށް ދަނީ
ރާއްޖޭގައި ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށް ދަނީ
ކޯވިޑް ޖެހިގެން ރާއްޖެއިން 77 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެއެވެ.

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 50 ވަނަ މީހާއެވެ. އެޗްއީއޯސީން ބުނީ އެމީހާ އައިޖީއެމްއެޗަށް ގެނައި އިރުވެސް އެއްވެސް ޙަރަކާތެއް ނެތް ކަމަށެވެ. އަދި އެމީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ނިންމާފައިވަނީ މިއަދު ހެނދުނު 10:14 ގައެވެ.

އޮންނަ އުސޫލުގެ ދަށުން ކޮވިޑަށް ޓެސްޓު ކުރި އިރު، ބައްޔަށް ޕޮޒިޓިވް ވެފައިވާ ވާތީ، އެ މަރަކީ ކޮވިޑް މަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 1،017 ގައެވެ. ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 13 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 13،639 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާތަނަށް ރާއްޖެއިން މި ބަލީގައި ނިޔާވެފައިވަނީ 42 ދިވެހިންނާއި 8 ބިދޭސީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން