ކުރީގެ ރައީސް އަބްދުﷲ ޔާމިނަށް އިއްވާފައިވާ ޖަލު ޙުކުމް އިސްތިޢުނާފްކުރުމަށް ހައިކޯޓުން ކުރިއަށް ގެންދިޔަ އިސްތިޢުނާފްގެ ޝަރީއަތުގައި ފަނޑިޔާރު ޝަހީދު ދެއްވީ ޢިލްމީ ރަޢުޔެއް ކަމަށް ވިދާޅުވެ ފެލިދޫ ދަާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު އޭނާއަށް ތަޢުރީފުކުރައްވައިފިއެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލާން 2019 ވަނަ އަހަރު ހުކުމްކުރީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ އެއް މިިލިއަން ޑޮލަރު ދެ ފަހަރެއްގެ މަތިން އެސްއޯއެފް ކިޔާ ކުންފުންޏެއްގެ އެކައުންޓެއް މެދުވެރިކޮށް ޔާމީންގެ އެކައުންޓަކަށް ޖަމާވި ކަމަށް ބުނެ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި އިންވެސްޓްކޮށް، އެ ފައިސާގެ އަސްލު އޮޅުވާލީ ކަމަށް ދައުވާގައިވެ އެވެ.
އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން އިސްތިޢުނާފް ކުރުމުން ހުކުމް ރަނގަޅު ކަމަށް ހައި ކޯޓުގައި އިއްޔެ މެންދުރު ބޭއްވި އަޑުއެހުމުގައި ނިންމީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އަޣުލަބިއްޔަތުންނެވެ. ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔަކީ ދަށު ކޯޓުގެ ހުކުމް ގޯސް ކަމަށެވެ.
އިއްޔެ ކޯޓުން ނިންމާފައިވާ ނިންމުމަށް ފާޑުވިދާޅުވެ މެމްބަރު ފަޒުލް ވިދާޅުވީ، ފަނޑިޔާރު ޝަހީދުގެ ރަޢުޔުން އެނގުނީ ރައީސް ޔާމިންގެ ކުށެއް ނެެތްކަން ކަމަށެވެ. އަދި ބާކީ ތިބި ދެ ފަނޑިޔާރުންގެ ރަޢުޔުގައި އެއްވެސް އޮށްޓަރެއް ނެތް ކަމަށާއި އެނގިގެން ދިޔައީ ޝަރީއަތަށް ނުފޫޒު ފޯރުވާފައިވާ ކަން ކަމަށެވެ. ސަރުކާރުން އެ ޝަރީއަތަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ފަޒުލް ތަކުރާރުކޮށް ތުހުމަތު ކުރެއްވިއެވެ.
ހައި ކޯޓުގެ ހުކުމާ ގުޅިގެން ފަޒުލް އިތުރަށް ވިދާޅުވީ، ފަނޑިޔާރު ޝަހީދު ދެއްވީ ޢިލްމީ ރަޢުޔެއް ކަމަށެވެ.
ފަޒުލްގެ އިތުރުން އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި މާލޭ ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވެސް، ކޯޓުގެ ހުކުމަށް ދައުލަތުން ނުފޫޒު ފޯރުވާފައިވާ ކަމަަށް ވިދާޅުވެފައި ވެއެވެ.
އަލްހާން ވިދާޅުވީ، ޝަރުއީ ނިޒާމް ހައިޖެކްކޮށް ވާދަވެރިން ޖަލަށް ލުމުގައި އިސްކޮށް ހުންނެވީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް ނަޝީދު ކަމަށެވެ.
"ސިޔާސީ މެޖޯރިޓީގެ ބާރު ބޭނުންކޮށްގެން ޝަރުޢީ ނިޒާމު ހައިޖެކްކޮށް، ވާދަވެރި ސިޔާސީ މީހުން ޖަލަށް ލުމުގެ އަޑީގައި ހުންނެވީ މަޖްލިސް ރައީސް މުހައްމަދު ނަޝީދު" ނަޝީދަށް ތުހުމަތުގެ އިނގިލި ދިއްކުރަމުން އަލްހާން ވިދާޅުވިއެވެ.
މި މައްސަލައިގެ އިސްތިއުނާފީ ހުކުމުގައި ހައިކޯޓުން ބުނެފައިވަނީ، އިންސާފަށް ހުރަސް އެޅޭ ކަމެއް ހިނގާފައިވާކަމަށް ބުނާނަމަ، އިސްތިއުނާފް ކުރާ ފަރާތުން އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރު އިންވެސްޓްކޮށް 36 މަސްދުވަސް ވަންދެން އެފައިސާއިން ފައިދާ ހޯދައިފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. މީގެއިތުރުން ރައީސް ޔާމީނަކީ އޭރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވުމާއެކު އެ ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭ ޙާލަތެއް އޮތް ކަމަށާއި، އެ ފައިސާއިން ރައީސް ޔާމީން ފައިދާ ހޯއްދަވާފައިވާކަން އެނގެން އޮތުމުން ކްރިމިނަލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ވަނީ ނިންމަވާފައެވެ.
މި މައްސަލައިގެ ޝަރީއަތުގެ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރުންނަކީ، ފަނޑިޔާރު ހުސެއިން މަޒީދާއި، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ނިޔާޒުއެވެ. މި މައްސަލަ ބައްލަވާ ފަނޑިޔާރުގެ ބެންޗުގެ އިސްފަނޑިޔާރަކީ ފަނޑިޔާރު ހުސެއިން މަޒީދެވެ. ކްރިމިނަލް ކޯޓުގެ ނިންމުން ދެމެހެއްޓުމަށް ފަނޑިޔާރު ހުސައިން މަޒީދު ދެއްވި ރައުޔަށް ފަނޑިޔާރު ނިޔާޒު ވަނީ ތާއީދު ކުރައްވާފައެވެ. އެއާއެކު 3 ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ 2 ފަނޑިޔާރަކު ވަނީ ދަށު ކޯޓުގެ ޙުކުމަށް ތާއީދު ކުރައްވާފައެވެ. މި މައްސަލައިގައި ފަނޑިޔާރު ހުސައިން ޝަހީދުގެ ބައެއް ރައުޔުތައް ތަފާތެވެ. އެހެން ނަމަވެސް ފަނޑިޔާރު ޝަހީދު ވަނީ މި މައްސަލައިގައި ފަނޑިޔާރު މަޒީދު ފާހަގަ ކުރައްވާފައިވާ ބައެއް ނުކުތާތަކަށްވެސް ތާއީދު ކުރައްވާފައެވެ.
ރައީސް ޔާމިން މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ އިތުރު ދެ ދައުވާ އެއް ވެސް އުފުލާފައެވެ. ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމާއި، މަނީ ލޯންޑަރިންގެ ދެ ދަޢުވާއެވެ. އެމަނިކުފާނުގެ މައްޗަށް މި ދެ ދަޢުވާ އުފުލާފައިވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު