މާލެ ކައިރީގައި އޮންނަ ގިލިލަންކަންފުށި ރިސޯޓުގެ ބަޔަކު ކ. ހިންމަފުށީ ކައިރީގައި އޮތް ފިނޮޅަކަށް އަރައި ގެއްލުން ދީފިއެވެ.
ގިލިލަންކަންފުއްޓާއި ހިންމަފުށްޓާ ދެމެދުގައި އޮންނަ ކުޑަ ފިނޮޅަށް ގެއްލުންދީފައިވަނީ އެނގިފައިވާ ގޮތުގައި ހިންމަފުށީ ރައްޔިތުން އެ ތަނަށް ދަތުރުދާތީ އެ މީހުންނަށް ޖެއްސުން ކުރުމުގެ ގޮތުގައެވެ.
ރޭ އެ ފިނޮޅަށް އަރާފައި ވަނީ ގިލިލަންކަންފުށީ ރިސޯޓުގައި މަސައްކަތް ކުރާ ބައެއްކަން އެރަށުން “ރަސް އޮންލައިން” އަށް ވަނީ ކަށަވަރު ކޮށްދީފައެވެ.
އުދެއްޔާއި ފަކީރާ ފަދަ ތަކެތި ހިފައިގެން ފިނޮޅަށް އަރައި އެ މީހުން ވަނީ ފިނޮޅަށް ގެއްލުންދީފައެވެ.
ހިންމަފުށި މީހުންނާއި އެ ރަށަށް ޒިޔާރަތް ކުރާ މީހުން ވެސް އާންމުކޮށް އެ ފިނޮޅަށް ދަތުރު ގޮސް ހަދާ ކަމަށްވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ގިލިލަންކަންފުށި ރިސޯޓުން ހިތްހަމަނުޖެހުނީ އެ ތަނަށް ހިންމަފުށިން މީހުން ދަތުރު ގޮސް ހަދާތީ ރިސޯޓަށް ޗުއްޓީ ހޭދަ ކުރަން އަންނަ ފަތުރުވެރިންނަށް އުނދަގޫވާ ކަމަށްބުނެއެވެ.
އެ ތަން ހަލާކު ކުރަމުންދާ ކަން ހިންމަފުށީގެ ބަޔަކަށް އެނގިގެން ރަށުން ބަޔަކު ގޮސް އެ މަންޒަރުތައް ވީޑިއޯކޮށް މިހާރު ވަނީ މީސްމީޑިއާގައި އާންމުކޮށްފައެވެ.
ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އެ މަންޒަރުތައް ހިއްސާކުރަށްވާފައެވެ. އޭނާ ވިދާޅުވީ ހިންމަފުށްޓާއި ގިލިލަންކަންފުއްޓާ ދެމެދު އޮތް ރީތި ފިނޮޅަށް ދަތުރުދާތީ އެކަމާ ހިތްހަމަނުޖެހިގެން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވެސް ހިމެނޭ ގޮތަށް ބަޔަކު ފިނޮޅަށް އަރައި އެ ތަން ނައްތާލުމުގެ ގޮތުން މުޅި ތަން ސުންނާފަތި ކުރަމުންދާ ކަމަށެވެ.

Here's @GiliLankanfushi resort GM and his staff destroying a beautiful sand bank because the locals from Himmafushi island are utilizing the sandbank for their happiness too.
— Ahmed Aznil (@AhmedAznil) January 21, 2021
Hats off to the guys who caught these people red handed.@epamaldives @presidencymv @Mausoom_Maus pic.twitter.com/y2iEmcIemj
ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އެ މަންޒަރުތައް ހިއްސާކުރަށްވާފައެވެ. އޭނާ ވިދާޅުވީ ހިންމަފުށްޓާއި ގިލިލަންކަންފުއްޓާ ދެމެދު އޮތް ރީތި ފިނޮޅަށް ދަތުރުދާތީ އެކަމާ ހިތްހަމަނުޖެހިގެން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވެސް ހިމެނޭ ގޮތަށް ބަޔަކު ފިނޮޅަށް އަރައި އެ ތަން ނައްތާލުމުގެ ގޮތުން މުޅި ތަން ސުންނާފަތި ކުރަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު