ޖޭއެސްސީން ބަލަމުންދާ ފަނޑިޔާރު ޝަހީދުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލިފަހުން ވެސް ގޮތެއް ނިންމާފައި ނުވަނީ މިފަދަ ދުވަހެއް އައުމުން ކަރުގައި ހިފުމަށް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ގޯސް ކަމަށް ހައި ކޯޓުގައި ރައުޔު ނެރުއްވި ފަނޑިޔާރު ހުސައިން ޝަހީދާ ގުޅޭ ދެ މައްސަލައެއް ކުރިއަށްދާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކުރުމާއި ގުޅިގެންނެވެ.
"މައްސަލަ ހުށައެޅިފަހުން 2 އަހަރުވީ. ޖޭއެސްސީން ޝަހީދުގެ މައްސަލައިގެ އަޑުއެހުން ނިންމާލިފަހުން އަހަރެއް ވީއިރު ވެސް ގޮތެއް ނިންމާފައި ނުވަނީ މިފަދަ ދުވަހެއް އައުމުން ފަނޑިޔާރުގެ ކަރުގަ ހިފުމުގެ ބޭނުމަށް." ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަހީދާ ގުޅޭ ގޮތުން ހުށަހެޅިފައި އޮތް ދެ މައްސަލައަކީ 2019 ވަނަ އަހަރު ޖޭއެސްސީ އަށް ފޮނުވި މައްސަލައެކެވެ. މިއަދާ ހަމައަށް އައި އިރު، އެ ދެ މައްސަލައާ ގުޅޭ ގޮތުން ޖޭއެސްސީ އިން އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެއެވެ.
ޝަހީދާ ބެހޭގޮތުން އޮގަސްޓް 19 ގައި ހުށަހެޅި މައްސަލައަކީ ވަކި ފަރާތެއްގެ މަސްލަހަތު އިސްކޮށްފައިވާ ކަމަށް ބުނާ މައްސަލައެވެ. އަދި އޭގެ ފަހުން އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ހުށަހެޅިފައިވާ މައްސަލައަކީ އިސްތިއުނާފީ މައްސަލައެއް އޮންނަ އިޖުރާތްތަކާ ދެކޮޅަށް ހިންގާ ކަމަށް ބުނެއެވެ.
ހައިކޯޓުގައި ބޭއްވި ރައީސް ޔާމިންގެ އިސްތިޢުނާފީ މައްސަލައިގެ ޙުކުމް ކުރުމުގައި ފަނޑިޔާރު އަލްއުސްތާޛު ޙުސެއިން ޝަހީދު ވަނީ ދަށުކޯޓުން ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ ހުކުމް ރަނގަޅު ނޫންކަމަށް ވިދާޅުވެފައެވެ. އޭނާގެ ރަޢުޔުގައި، ކުރީގެ ނައިބުރައީސް އަޙްމަދު އަދީބަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ޢާއިލާއަށް ބޮޑު ގެއްލުމެއް ދިނުމަށް އުޅުމުގެ ކުށް ސާބިތުވި މީހެއް ކަމުގައިވާތީ އޭނާގެ ހެކިބަހަކީ ޢަދާވާތްތެރިކަން އޮތް ފަރާތެއް ދޭ ހެކިބަހެއް ކަމަށާއި އެހެންކަމުން ރައީސް ޔާމީނާ ދެކޮޅަށް އަދީބުގެ ހެކި ބަސް ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި އަޙްމަދު އަދީބާއި ޢަބްދުﷲ ޒިޔާތަކީ ފާސިޤުން ކަމުގައި ބެލެވޭނެ ކަމަށާއި، އެ ދެމީހުންގެ ހެކި ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށާއި، އެހެންކަމުން އެ ދެ މީހުންގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމުގައި ފަނޑިޔާރު އަލްއުސްތާޛު ޙުސެއިން ޝަހީދުގެ ރައުޔު އިއްވަމުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު