ހދ.ނެއްލައިދޫ
ހދ.ނެއްލައިދޫ
ހދ.ނެއްލައިދޫން ފަސް މީހަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ.

ނެއްލައިދޫން ޕޮޒިޓިވް ވެފައިވަނީ އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ފަސް ދިވެހިންނެވެ. އެމީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ ހޯމް ކަރަންޓީން ނިންމާ ނެގި ރިލީޒް ސާމްޕަލްގެ ނަތީޖާ އިންނެވެ. އެކަމާ ގުޅިގެން އެމީހުން އިތުރު 14 ދުވަހަށް ވަނީ ކަރަންޓީން ކޮށްފައެވެ.

އެމީހުންނަކީ އިންޑިއާއަށް ބޭސް ފަރުވާއަކަށް ދިޔުމަށްފަހު އެނބުރި އެ ރަށަށްގޮސް، ހޯމް ކަރަންޓީނުގައި ތިބި ބައެކެވެ. އެމީހުން ހޯމް ކަރަންޓީންގައި ތިބީ އެރަށު "ބީޗްވިލާ" ގޭގައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އަށް ރާއްޖޭގައި ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 1،042 ގައެވެ. ކޯވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 50 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން