ކޯވިޑް-19 ވެކްސިނެއް ޖެހުމަށް ތައްޔާރު ވަނީ
ކޯވިޑް-19 ވެކްސިނެއް ޖެހުމަށް ތައްޔާރު ވަނީ
އިންޑިޔާއިން ހަދިޔާކުރި ވެކްސިން ކަމުނުދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވެކްސިން ޖެހުމާ ދެކޮޅަށް އަޑުއުފުލަމުން ދަނިކޮށް، ކޯވިޑް-19 ވެކްސިން ޖެހުން މަޖުބޫރު ނޫންކަމަށް ބުނެ ހެލްތް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އިދިކޮޅުން ދައްކާ ވާހަކައަށް ނުސީދާ ރައްދެއް ދީފި އެވެ.

އިންޑިޔާއިން ހަދިޔާ ކުރި ވެކްސިން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. މި ގޮތުން، ރާއްޖެ ގެނެސްފައި ވަނީ އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީގެ އެކްސްޓްރާޒެނެކާއިން އުފައްދާފައިވާ ފޯމިއުލާ ބޭނުންކޮށްގެން އިންޑިއާގެ ސީރަަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިޔާއިން ވަނީ މި ވެކްސިންގެ އެއްލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ކޮވިޑް-19 ވެކްސިނަށް އާންމުން ހޭލުންތެރި ކުރުމަށް އާއްމު ކުރި މައުލޫމާތުގައި ވަނީ، ކޮވިޑް-19 ވެކްސިން ޖެހުން މަޖުބޫރު ނޫން ކަމަށެވެ. ނަމަވެސް ވެކްސިން ޖެހުމުގެ ސަބަބުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު އެހީއަކަށް ވާނެ ކަމަށް ވެސް އެޗްއީއޯސީން ބުނެފައި ވެއެވެ. އަދި ގިނަ ބަޔަކު މި ވެކްސިން ޖަހައިފި ނަމަ އާންމު ހާލަތަށް ރުޖޫއަވުން އަވަސްވާނެ ކަމަށް ވެސް އެފަރާތުން ބުނެފައި ވެއެވެ.

ވެކްސިނާާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އެކިއެކި ވާހަކަތައް ދައްކަމުން ދަނިކޮށް ވެކްސިން ޖެހުން މަޖުބޫރު ނޫން ކަމަށް އެޗްއީއޯސީން ބުނި ނަމަވެސް ވަކި ފަރުދަކަށް ބަލައިފި ކަމުގައިވާ ނަމަ މި ވެކްސިން ޖެހުމުން އޭނާ މި ބަލިން ރައްކާތެރިވުމުގެ އިތުރުން މި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރެއިން މީހަކަށް އޭނާގެ ފަރާތުން މި ބަލި ޖެހުމުގެ ފުރުސަތު ކުޑަ ކޮށްދޭނެ ކަމަަށް އެ ސެންޓަރުން ބުނެއެވެ.

ހަމަ އެހެންމެ, ކޯވިޑް-19އިން ދިފާއު ވުމަށް މިހާރު އުފައްދާފައިވާ ގިނަ ވެކްސިންތަކަކީ ކަނޑައަޅާފައިވާ ވަކި އުމުރުފުރާއަކަށް

ޓެސްޓްކޮށްފައިވާ ވެކްސިންތަކެއް ކަމަށާއި މި ވެކްސިން ޓެސްޓުކުރުމުގައި 16 އަހަރުންދަށުގެ ކުދިން ހިމެނިފައި

ނުވާތީ އެ އުމުރުފުރާގެ ކުދިންނަށް ވެކްސިން ނުޖަހާނެ ކަމަށް އެޗްއީއޯސީން ބުނެއެވެ.

އިންޑިޔާއިން ހަދިޔާ ކުރި ވެކްސިންގެ ކްލިނިކަލް ޓްރައިލްސްގެ ތިންވަނަ އަދި އެންމެ ފަހު ފިޔަވަހީގެ ޓެސްޓްތައް އަދި ނުނިމޭ ކަމަށާއި، ޓެސްޓްތައް މިހާރުވެސް ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެ ވެކްސިން ޖެހި ބައެއް މީހުންނަށް ބައެއް ކަހަލަ ސިއްހީ މައްސަލަތައް ކުރިމަތިވި ނަމަވެސް ވެކްސިންގެ މާބޮޑު ނުރައްކަލެއް މިހާތަނަށް ފާހަގަ ވެފައެއް ނެތެވެ.


ކިޔުންތެރިންގެ ހިޔާލު


8

އޑާޕ

25-Jan-2021

އެންމެ ފުރަތަމަ ވެސް މިސަރުކާގެހުރިހާ ބޮޑުން ގަޔައް ޖިހާބަލާ ޓީވީން ލައިވްކޮއް ދުރަށް ދައްކާއިގެން ކޮންމެހެން އިދިކޮޅޭ ކިޔާކަށް ކޮންމެހެން ނުޖެހޭނެ ކުރީގަ ޖަހާބަލާ ޕާޓީކުދިން ގަޔައް އޭރަކުން ޕާޓީކުދިން ކޮޅުސަލާމަތް ކުރެވުނީތާ



ޓްރެންޑިން