އަދީބާއި ޒިޔަތަކީ ފާސިޤުން ކަމަށްވާތީ އެމީހުންގެ ހެކިބަސް ރައީސް ޔާމީނާއި ދެކޮޅަށް ގަބޫލުނުކުރެވޭނެ ކަމަށް ބުނާ ވާހަކައަށް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ދެއްވި މަޖާޒީ ރައްދާއެކު އިޔާޒަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުވެއްޖެއެވެ.
"އަދީބާއި ޒިޔަތަކީ ފާސިޤުން ކަމަށް ބުނާ ވާހަކައަށް ޑރ. އިޔާޒުގެ މަޖާޒީ ރައްދެއް،" މި ސުރުޚީގެ ދަށުން "ރަސް އޮންލައިން" ގައި ލިޔެފައިވާ ޚަބަރު ޓްވީޓްކުރަށްވައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވަނީ ޑރ. އިޔާޒުގެ ވާހަކަ ރައްދު ދެއްވުމުގެ ގޮތުން ދެ ސުވާލެއް އިޔާޒަށް އަމާޒުކުރައްވާފައެވެ.
"މަނިކުފާނު ތިޔަ ދެއްވީ ފަތުވާއެއްތޯ؟" އަލްހާން އިޔާޒު ކައިރުން އައްސަވާފައި ވެއެވެ. އަދި "ކަނޑައެޅިގެން ޝަރުޢީ މިންގަނޑުން ފާސިޤެއްކަން އެނގޭ މީހެއްގެ ދިފާޢުގައި ލާދީނީ ވާހަކައެއް ޝައިޚް ދައްކަވަނީ ކީއްވެތޯ" ވެސް އައްސަވާފައި ވެއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ދަށު ކޯޓުން ހުކުމް އިއްވިއިރު އެ މައްސަލާގައި ހެކިންގެ ގޮތުގައި ދައުލަތުން ހުށަހެޅި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށް، ބުނާ ވާހަކައިގެ ރައްދުގައި ޑރ. މުހައްމަދު އިޔާޒު ވިދާޅުވެފައި ވަނީ، އެމީހުންގެ ބޭނުން ހިފުނު އިރު އެއީ ޚާލިދު ބިން ވަލީދު ކަމަށެވެ. އަދި އޭރު އެއީ ފައިސާ ނަގާ އޭޓީއެމް ކަމަށެވެ. އެކަމަކު، އޭނާގެ ބޭނުން ނުހިފޭ ވަރު ވީމާ ފާސިގަކަށް ނުވަތަ މުޖުރިމަކަށް ވެއްޖެ ކަމަށެވެ.
މީގެއިތުރުން، މަޖާޒީ ގޮތެއްގައި ޑރ. އިޔާޒު ވިދާޅުވީ، "ހަކުރު ދެންޏާ ބޮޑުބޭބެ"އޭ ބުނާ ވާހަކައަކީ ވަރަށް ބޮޑު ތެދެއް ކަމަށެވެ.
އަލްހާންގެ އިތުރުން، ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު އިސްމާއިލް ވެސް ވަނީ ޑރ. އިޔާޒުގެ މިވާހަކައަށް ރައްދުދެއްވާފައެވެ.
"ހާލިދު ބިން ވަލީދުގެ ހާދިސާ ހިނގާދިޔަގޮތް އާންމު ފަރުދަކަށްވުރެ ސާފުކޮން ދީނީއިލްމު ވެރިންނަށް އެނގިލައްވާނެ! އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުށްވެރިން ގޮތުގައި ތިބިބަޔަކުގެ ހެކިބަސް އިސްލާމީ ޝަރީޢައތުގައި ބަލައިގަތުމުން ވަނީ ފާސިގުންގެ ހެކިބަހަށް." މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.
މީގެ އިތުރުން، އަހްމަދު އަދީބާއި، ޒިޔަތަކީ ފާސިޤުން ކަމަށާއި، އެ ދެމީހުންގެ ހެކިބަސް ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާތީ، ރައީސް ޔާމިން ޢަބްދުލްޤައްޔޫމާއި ދެކޮޅަށް، އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަނެވޭނެކަމަށް ދާދި ފަހުން ބޭއްވި ރައީސް ޔާމިންގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވި މަޖިލީހުގައި ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުގެ ރަޢުޔުގައި ވެސް ވަނީ ފާހަގަކުރަށްވާފައެވެ.
ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރު ޝަހީދު ވިދާޅުވީ އަދީބަކީ ރައީސް ޔާމިނާއި އެ މަނިކުފާނުގެ ޢާއިލާއަށް ބޮޑު ގެއްލުމެއްދޭން އުޅުމުގެ ކުށް ސާބިތުވެފައިވާ ބޭފުޅެއްކަމަށްވާތީއާއި، އަދީބުގެ ހެކިބަހަކީ ޢަދާވާތްތެރިކަން އޮތް ފަރާތެެއްދޭ ހެކިބަހަކަށްވާތީ ރައީސް ޔާމިނާއި ދެކޮޅަށް އަދީބުގެ ހެކިބަސް ބޭނުންކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.
މީގެއިތުރުން އަދީބާއި ޒިޔަތުގެ ހެކިބަސް ކްރިމިނަލް ކޯޓުން ބަލައިގަތުމަށް ނިންމާފައިވަނީ ސްޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުމާއި ޚިލާފަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވުމުގައި އަދީބާއި ޒިޔަތުގެ ހެކިބަހަށް ބުރަދަންދޭނެ އެކަށީގެންވާ ބައްޔިނާއެއް ނުވަތަ އިތުރު ހެއްކެއް މި މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ފެންނަންނެތްކަމަށް ވެސް ޝަހީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު