ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް ޔާމީން މިނިވަން ކުރުމަށް ސީދާ ހަރަކާތަށް ނުކުތުމަށް އިދިކޮޅުން ނިންމުމާ ގުޅިގެން ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ބްރިގޭޑިއާ ރިޓަޔަރޑް އިބްރާހިމް މުހައްމަދު ދީދީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އިއްޔެ ހެނދުނު 10:30 ޕީޕީއެމްގެ އޮފީހުގައި ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ހުށަހެޅުއްވި ގަރާރުގައި ވަނީ ކޯޓުގެ ޙުކުމް ބަލައި ނުގަނެ ސީދާ ޙަރަކާތަށް ނުކުތުމަށެވެ. އަދި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ފުރިހަމަ އަޣުލަބިއްޔަތުން އެހުށައެޅުން ވަނީ ފާސްކޮށްފައެވެ.

އިދިކޮޅުގެ މިނިންމުމާއި ގުޅިގެން އިބްރާހީމް ދީދީ ވަނީ ކޮވިޑް ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް އިދިކޮޅުން މުޒާހަރާއަށް ތައްޔާރުވަނީ ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފައެވެ.

"ކޮވިޑް ގެ ނުރައްކާ އޮއްވާ ވެސް ޕީޕީއެމުން އާދަމް ޝަރީފްމެން މުޅި ގައުމުގައި މުޒާހަރާ ކުރައްވަން ތައްޔާރުވެ ވަޑައިގެންނަވަނީޔޯ." ޑީޑީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.



މި ޓްވީޓާއެކު ޑީޑީ ވަނީ ރައީސުލްޖުމްހޫރިއްޔާ ދައްކަވާފައިވާ ވާހަކަފުޅެއްވެސް ޓުވީޓް ކުރައްވާފައެވެ. ޑީޑީގެ ޓްވީޓާއެކު ހިއްސާ ކުރަށްވާފައިވާ ރައީސް ޞާލިޙުގެ ވާހަކަ ކޮޅު ނިންމަވާ ލައްވާފައިވަނީ ރާއްޖޭގެ ސިޔާސީ ފަރާތްތަކާ ސުވާލެއް ކުރިމަތި ކުރަށްވަމުންނެވެ.

"އަޅުގަނޑު ހިތަށް އަރަނީ އުފާވެރިކަމާއެކު ހަމަޖެހިލައިގެން ދިރިއުޅުމަކީ އަޅުގަނޑުމެން ދިވެހިންނަށް ނެތް ހައްގަކީ ބާ؟ ސުލްހަވެރިކަން އަޅުގަނޑުމެންނާއި މިހާ ބީރައްޓެހި ވެގެން މިއުޅެނީ ކީއްވެބާ؟ އަޅުގަނޑު މިއަދު ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ އަރިހުން އަހާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ރައްޔިތުން ދުވަސްކޮޅަކަށް ނަމަވެސް ހަމަޖެހިލައިގެން އުޅެން ފުރުސަތު ދެއްވާކަށް ނޫވޭތޯ؟" ޑީޑީ ހިއްސާ ކުރަށްވާފައިވާ ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވިދާޅުވެފައި ވެއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ވެސް އިދިކޮޅުން މުޒާހަރާކޮށް އެއްވުންތައް ބާއްވަމުން ދިއުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި މިފަދަ އެއްވުންތައް ބާއްވައިގެން ކޮވިޑް ފަތުރަނީވެސް އިދިކޮޅުން ކަަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުންދެއެވެ.

ރާއްޖެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް 55 މީހަކު ޕޮޒިޓިވްވެ 82 މީހުން ބަލިން ރަނގަޅު ވެފައިވެއެވެ. އަދި ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 50 އަށް އަރާފައެވެ. ހުސްވި ހަފުތާއިން ފެށިގެން ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ބިރުބޮޑު

26-Jan-2021

އެގަންޖާ 19 ގެބައިގަނޑު ސަރުކާރުތަކާއި ދެކޮޅަށް މުޒާހަރާކޮށް މީހުންގެ މުދަލަށް ގެއްލުންދީ ހުރިހާމަގުތަކެއްގައި އޑުގަދަކުރީރު އިބޫއަށާއި ތިޔަދީދީއަށް ހަމަނޭންގެނީތަ އާމްމުރައްޔިތުންނަށް އުނދަގުވާނެކަން؟ ވަރައްސާފް އިނގޭތޯ


-3

ކިނބޫ

26-Jan-2021

މިދެން ކާކުހޭ ބޮޑު އަންހެންދުޅާ. ދޮން ސަލީމުއެކޭ ތަފާތެއް ނެތް.


-1

ކިނބޫ

26-Jan-2021

މިދެން ކާކުހޭ ބޮޑު އަންހެންދުޅާ. ދޮން ސަލީމުއެކޭ ތަފާތެއް ނެތް.



ޓްރެންޑިން