ޓިއުޝަން ކުލާސްތަކާއި ޤުރުއާން ކްލާސްތައް ހުޅުވައި ހިންގުމުގެ ހުއްދަދީފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިއަދު ބުނެފައިވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް، ޓިއުޝަން ކުލާސްތަކާއި ޤުރުއާން ކްލާސްތައްް ހިންގުމުގެ ހުއްދަދީފައިވާ ކަމަށެވެ. އަދި މިތަންތަން ހިންގުމުގައި ކޯވިޑް-19 އިން ރައްކާތެރިވުމަށް އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ވާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޯވިޑް-19 އާ ގުޅިގެން ތަޢުލީމުދޭ އެންމެހައި ތަންތަނުގައި ކިޔަވައިދިނުން މެދުކަނޑާލުމަށް އެޗްޕީއޭ އިން ނިންމީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހުއެވެ. އަދި ސްކޫލުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ސްކޫލްތައް ހުޅުވާލީ ޖުލައި މަހުއެވެ. އެގޮތުން މާލެ ސިޓީގައި ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައި ދީފައިވަނީ ގްރޭޑު ހަތަކުން 12 އަށެވެ. އަހަރުގެ ފުރަތަމަ ޓާމަށްފަހު ކުދިން ޗުއްޓީ އަށް ދިޔައީ ޑިސެމްބަރު ތިންވަނަ ދުވަހުއެވެ.
އެޗްޕީއޭގެ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް މިއަހަރުގެ ޖެނުއަރީ 10 ވަނަ ދުވަހުން ފެށިގެން ސްކޫލްތަކުގެ ދަރިވަރުން ދަނީ ސްކޫލްތަކަށް ޙާޟިރުވެ ތަޢުލީމް ޙާސިލް ކުރަމުންނެވެ.

ޓިއުޝަން ކުލާސްތަކާއި، ޤުރުއާން ކުލާސްތައް ހުޅުވުމާ ގުޅޭ pic.twitter.com/iJ2YDbQBSN
— Ministry of Education (@MoEdumv) January 24, 2021
ކޯވިޑް-19 އާ ގުޅިގެން ތަޢުލީމުދޭ އެންމެހައި ތަންތަނުގައި ކިޔަވައިދިނުން މެދުކަނޑާލުމަށް އެޗްޕީއޭ އިން ނިންމީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހުއެވެ. އަދި ސްކޫލުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ސްކޫލްތައް ހުޅުވާލީ ޖުލައި މަހުއެވެ. އެގޮތުން މާލެ ސިޓީގައި ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައި ދީފައިވަނީ ގްރޭޑު ހަތަކުން 12 އަށެވެ. އަހަރުގެ ފުރަތަމަ ޓާމަށްފަހު ކުދިން ޗުއްޓީ އަށް ދިޔައީ ޑިސެމްބަރު ތިންވަނަ ދުވަހުއެވެ.
އެޗްޕީއޭގެ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް މިއަހަރުގެ ޖެނުއަރީ 10 ވަނަ ދުވަހުން ފެށިގެން ސްކޫލްތަކުގެ ދަރިވަރުން ދަނީ ސްކޫލްތަކަށް ޙާޟިރުވެ ތަޢުލީމް ޙާސިލް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު