ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ސިނަމާތައް ބަންދު ކުރުމަށްފަހު ސިނަމާތައް އަލުން ހުޅުވުމުގެ ހުއްދަ އެޗްޕީއޭއިން މިއަދު ދީފީއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވީ، މިދިޔަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހު އެޗްޕީއޭއިން އަންގާފައިވާ ސިނަމާތަކާއި، ސިނަމާ ހޯލްތައް ބަންދުކުރުމުގެ އެންގުން ބާތިލުކޮށްފައިވާ ކަމަށެވެ. އަދި ރައްކާތެރިކަމާއެކު ސިނަމާ ހިންގުމާއި ސިނަމާ ހޯލްތައް ބޭނުން ކުރަންވީގޮތުގެ އުސޫލާ އެއްގޮތަށް ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް މާދަމާއިން ފެށިގެން ހުޅުވައިލުމަށް އެޗްޕީއޭއިން ވަނީ ހުއްދަ ދީފައެވެ.
އެޗްޕީއޭއިން ބުނީ މިހުއްދަ ދިން ނަމަވެސް ސިނަމާތަކާއި ސިނަމާ ހޯލްތައް ބޭނުން ކުރަށްވާ ފަރާތްތަކުން މާސްކު އެޅުމަށާއި، 3 ފޫޓުގެ ގައިދުރުމިން ބަހައްޓަން ޖެހޭނެ ކަމަށެވެ. އަދި ވަންނަ ދޮރު ކައިރީގައި ސެނިޓައިޒަރ ބަހައްޓަން ޖެހޭނެ ކަމަށާއި، އަތްދޮވެވޭނެ އިންތިޒާމްވެސް ހަމަޖައްސަން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޓިކެޓް ވިއްކުމަށްވެސް އޮންލައިން ނިޒާމެއް ބޭނުން ކުރުމަށާއި، ސިނަމާ ހޯލްތަކަށް މީހުން ވެއްދުމުގެ ކުރިން ކޯވިޑް-19 ގެ އެއްވެސް ޢަލާމާތެއް ހުރިކަން ކަށަވަރުކުރުމަށްވެސް އެޗްޕީއޭ އިން އަންގަވާފައިވެއެވެ.

🔴 ކޯވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ސިނަމާ ހިންގުމާއި ސިނަމާ ހޯލްތައް ބޭނުންކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު 24.01.2020https://t.co/QOjeuc5YRO
— Health Protection Agency (@HPA_MV) January 24, 2021
އެޗްޕީއޭއިން ބުނީ މިހުއްދަ ދިން ނަމަވެސް ސިނަމާތަކާއި ސިނަމާ ހޯލްތައް ބޭނުން ކުރަށްވާ ފަރާތްތަކުން މާސްކު އެޅުމަށާއި، 3 ފޫޓުގެ ގައިދުރުމިން ބަހައްޓަން ޖެހޭނެ ކަމަށެވެ. އަދި ވަންނަ ދޮރު ކައިރީގައި ސެނިޓައިޒަރ ބަހައްޓަން ޖެހޭނެ ކަމަށާއި، އަތްދޮވެވޭނެ އިންތިޒާމްވެސް ހަމަޖައްސަން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޓިކެޓް ވިއްކުމަށްވެސް އޮންލައިން ނިޒާމެއް ބޭނުން ކުރުމަށާއި، ސިނަމާ ހޯލްތަކަށް މީހުން ވެއްދުމުގެ ކުރިން ކޯވިޑް-19 ގެ އެއްވެސް ޢަލާމާތެއް ހުރިކަން ކަށަވަރުކުރުމަށްވެސް އެޗްޕީއޭ އިން އަންގަވާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު