މ. ކޮޅުފުށި
މ. ކޮޅުފުށި
ކޯވިޑް-19 އާ ގުޅިގެން ރަށަށް އަރައިފޭބުން މަނާކޮށް މ. ކޮޅުފުށި މޮނިޓަރިންގެ ޙާލަތަށް ގެނެސްފިއެވެ.

އެޗްޕީއޭއިން މިއަދު މ. ކޮޅުފުށީ ކައުންސިލަށް ފޮނުވާފައިވާ ލިޔުމެއްގައި ވަނީ، ކޯވިޑް-19 އާ ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ބެލުމަށްޓަކައި މ. ކޮޅުފުށި މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާ ކަމަށެވެ.

އަދި މިވަގުތު ރަށުގައި ތިބި އެއްވެސް މީހަކު އެޗްޕީއޭގެ ހުއްދަ ނެތި ރަށުން ފޭބުމާއި، އިތުރު މީހަކު ރަށަށް އެރުންވެސް އެޗްޕީއޭ އިން ވަނީ މަނާ ކޮށްފައެވެ. މި ފިޔަވަޅު އަޅާފައި ވަނީ ކޯވިޑް-19 އާ ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ އިޚްތިޔާރުގެ ދަށުން ކަމަށްވެސް އެޗްޕީއޭގެ އެންގުމުގައި ވެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އަށް ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދު އުޅެނީ 1،015 ގައެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 50 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން