ކޯވިޑް-19 ޖެހިގެން ނިޔާވި މީހެއް ވަޅުލަނީ (ފޮޓޯ: ސޯޝަލް މީޑިއާ)
ކޯވިޑް-19 ޖެހިގެން ނިޔާވި މީހެއް ވަޅުލަނީ (ފޮޓޯ: ސޯޝަލް މީޑިއާ)
ކޯވިޑް ޖެހިގެން ރާއްޖެއިން 86 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 51 ވަނަ މީހާއެވެ. އެޗްއީއޯސީން ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ 86 އަހަރުގެ ދިވެހި ފިރިހެނެއް މިއަދު ނިޔާވެފައިވާ ކަމަށެވެ. އެމީހާ ނިޔާވެފައިވަނީ މިއަދު ހަވީރު 4:27 ގައި ކަމަށް އެޗްއީއޯސީން މަޢުލޫމާތު ދެއެވެ. މިއީ މި ހަފްތާގެ ތެރޭގައި ކޯވިޑް-19 ގައި ރާއްޖެއިން ނިޔާވި ދެވަނަ މީހާއެވެ.



އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 14،885 އަށް އަރާފައެވެ. އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 77 މީހުންނަށެވެ.

މިހާތަނަށް ރާއްޖެއިން މި ބަލީގައި ނިޔާވެފައިވަނީ 43 ދިވެހިންނާއި 8 ބިދޭސީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން