މައްސަލަތައް ބަލާ ފިޔަވަޅު އަޅާނެކަން އެނގި އޭގެ ކުރިން ސިޔާސީ ސްޓަންޓެއް ޖެއްސީ ކަމަށް ވިދާޅުވެ، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ދެއްކެވި ވާހަކައަކަށް ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ރައްދު ދެއްވައިފިއެވެ.
ނިހާދު ހައިލަމަށް މިފަދަ ރަށްދެއް ދެއްވާފައިވަނީ ޖޭއެސްސީން ބަލަމުންދާ ފަނޑިޔާރު ޝަހީދުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލިފަހުން ވެސް ގޮތެއް ނިންމާފައި ނުވަނީ މިފަދަ ދުވަހެއް އައުމުން އޭނާގެ ކަރުގައި ހިފުމަށް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ވިދާޅުވުމާއި ގުޅިގެންނެވެ.
"މިފަދަ ދުވަހެއް އަންނާނެކަން ކިހިނެއް އެނގެނީ؟ ގަސްތުގައި މިފަދަ ކަމެއް ނުކުރިނަމަ ނުބަލާނެއޭތަ ތި ބުނަނީ؟ ބްރޯ، އެއް މައްސަލައަށް ޖަވާބުދާރީވެ ނިމުނު ވާހަކަ އަދި އެހެން މައްސަލައެއް ނިންމުމުގެ މަރުހަލާގައި އޮތް ވާހަކަ ބުނަނީ! އޮޅުވާލަން އުޅުނަސް ބޮޑުވަރު!" ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ގޯސް ކަމަށް ހައި ކޯޓުގައި ރައުޔު ނެރުއްވި ފަނޑިޔާރު ހުސައިން ޝަހީދާ ގުޅޭ ދެ މައްސަލައެއް ކުރިއަށްދާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ހާމަކޮށްފައެވެ.
ހައިކޯޓުގައި ބޭއްވި ރައީސް ޔާމިންގެ އިސްތިޢުނާފީ މައްސަލައިގެ ޙުކުމް ކުރުމުގައި ފަނޑިޔާރު އަލްއުސްތާޛު ޙުސެއިން ޝަހީދު ވަނީ ދަށުކޯޓުން ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ ހުކުމް ރަނގަޅު ނޫންކަމަށް ވިދާޅުވެފައެވެ. މިއާއެކު ޝަހީދުގެ މައްސަލައެއް މިވަގުތާއި ޖެހެންދެން ނިންމާނުލައި ޖޭއެސްސީން ބާއްވާފައި އޮތްކަން ހައިލަމް ވަނީ ހަނދާންކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު