ހުޅުމާލެއިން ހދ ހަނިމާދޫއަށް ދަތުރުކުރި "ނޯޓިލަސް ވަން" ސަފާރީގައި ރޯވުން - އެމްއެންޑީއެފް
ހުޅުމާލެއިން ހދ ހަނިމާދޫއަށް ދަތުރުކުރި "ނޯޓިލަސް ވަން" ސަފާރީގައި ރޯވުން - އެމްއެންޑީއެފް
ހުޅުމާލޭން ހދ. ހަނިމާދޫއަށް ދަތުރުކުރަމުން ދިޔަ "ނޯޓިލަސް ވަން" ނަމަކަށް ކިޔާ ސަފާރީގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، ސަފާރީ ރޯވެގެން ރިޕޯޓުކޮށްފައި ވަނީ އާދިއްތަ ދުވަހުގެރޭ ދަންވަރު ކަމަށެވެ. އަދި ރިޕޯޓް ލިބުނު އިރު ސަފާރީ އޮތީ ކ. ކާށިދޫގެ ހުޅަނގުން 13 ނޯޓިކަލް މޭލު ބޭރުގައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެެވެ. އަދި އެ ވަގުތު ސަފާރީގައި 6 މީހަކު ތިބި ކަމަށާއި އެ އެންމެންވެސް މިހާރު ތިބީ ސަފާރީގެ ޑައިވިންގ ދޯނީގައި ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ 5 ދިވެހިންނާއި ބިދޭސީ ފަޅުވެރިއެކެވެ.

އެމްއެންޑީއެފުން ބުނީ ސަފާރީގައި ރޯވެގެން ހަބަރު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުގެ ލޯންޗެއް އަލިފާން ނިއްވުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އަލިފާން ނިއްވަން މަސައްކަތް ކުރަމުންދަނިކޮށް 6:44 ހާއިރު، ސަފާރީ އަޑިއަށް ގޮސްފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުލިބުނު ނަމަވެސް ސަފާރީ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން