ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު
ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު
ފެއިލްވީމާ ރީތި ގޮތަކީ އިސްތިޢުފާދިނުން ކަމަށާއި ރީތި ނަން ކިޔައިގެން ސައްލާތައް ބޭއްވިޔަސް ނުވާނެ ކަމަށް ވިދާޅުވެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ތަރުޖަމާން ހީނާ ވަލީދު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި މަޝްހޫރުވެ، ފަހުން ސިޔާސީ ދާއިރާގެ ތެރެއަށް ވަދެވަޑައިގެން ހީނާ މިހެން ވިދާޅުވެފައި ވަނީ "ޖަޒީރާ ސައްލާ" ބޭއްވުމަށް ނިންމި ނިންމުން އިއުލާން ކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކު އަޒީޒް ކުރެއްވި ޓްވީޓަށް ރައްދުދެއްވަމުންނެވެ.

ހީނާ ވިދާޅުވީ، "ޖަޒީރާ ހޮޅުއަށިން ޖަޒީރާ ސައްލާއަށް" ނަންބަދަލުކުރިޔަސް ނުވާނެ ކަމަށެވެ. ހީނާ ވިދާޅުވީ ސަރުކާރާއި ރައީސް ޞާލިޙަށް ރައްޔިތުން ބޭނުންވާ ކަންކަން އެނގި އެކަންކަން ކޮށްދޭން ވައުދުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި، އިންޓަނެޓްގެ އަގު ހެޔޮކުރުމާއި، މަސްވެރިންނަށް ހަމަ އަގު ދިނުމުގެ އިތުރުން ޒުވާނުން މަގުމަތިވުން ހުއްޓުވުމަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ހީނާ ފާހަގަކުރެއްވިއެވެ.

އެކަންކަން ނުކޮށްދީ އަދި ވެސް ސައްލާ ކުރައްވަނީ ތޯ ވެސް ހީނާ ސުވާލު އުފެއްދެވިއެވެ. އަދި ނުވީމާ އެންމެ ރީތި ގޮތަކީ އިސްތިޢުފާދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން މިހާރުވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ކަމަށް ބުނެ "ޖަޒީރާ ސައްލާ"ގެ ނަމުގައި ޚާއްޞަ ޕްރޮގުރާމެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮގުރާމް ވީހާ ވެސް އަވަހަކަށް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް، މި ޕްރޮގުރާމް ކުރިއަށް ގެންދާނެ ވަކި ތާރީޚެއް އަދި ހާމަ އެއް ނުކުރެއެވެ.

މި ސައްލާ ކުރިއަށް ގެންދަން ނިންމާފައިވާކަން ހާމަކޮށް ސަރުކާރުގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ވަނީ މި ހަރަކާތަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރާ ފަރާތްތަކަށް ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް އަދި ޝުޢޫރުތައް ޙިއްޞާކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން ބާއްވާ ހަރަކާތެއްކަމަށެވެ. މި ހަރަކާތާބެހޭ ތަފްސީލު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ޖަޒީރާ ސައްލާއެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، މި ސަރުކާރުން ވެރިކަމަށް އައުމަށްފަހުވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގައި ތަފާތު އެކި ފަހަރު މަތިން ރައްޔިތުންނާ ބައްދަލުކޮށްފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެން ވަނީ "ޖަޒީރާ ހޮޅުއަށި" ނަމުގައި ރާއްޖޭގެ އެކި ޞަރަޙައްދުތަކުގައި މަޝްވަރާ ފޯރަމުތައް ބާއްވަން ފަށާފައެވެ. މި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން އެކި މުއައްސަސާތައް ޒިންމާދާރުކުރުވުމައްޓަކައި މުއައްސަސާތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން މުޖުތަމަޢުގައި ޒުވާނުންނަށް ކުރިމަތިވެފައިވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް "ޒުވާނުންގެ ހޮޅުއަށީ"ގެ ނަމުގައި ވެސް ޚާއްޞަ ހަރަކާތްތަކެއް ވަނީ ފަށާފައެވެ. ނަމަވެސް، ކޯވިޑް-19އާ ގުޅިގެން އެ ޕްރޮގްރާމްތައް ވަނީ ހުއްޓިފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

މޫސާފުތާ ދޮންބެއްޔާގެ

27-Jan-2021

ފުލެޓެއް ލިބުނީމާ ވެރިންނާއި ދިމާނުކޮށް ސަގަރުމަގައް އާދޭ


7

އައިސް

27-Jan-2021

އެއް ފަހަރު ހޮޅު އައްޓޭ އަނެއްފަހަރު އަނެކައްޗޭ ކިޔަސް ވާކަމެއް ވީކަމެއް ހަރާން ....ލދނ


1

އައިސް

27-Jan-2021

ކޮން ސައްލާ އެއް ފެއިލް ވެނިމިއްޖެ..ލަދެއް ނެތީމަ ތެޅެނީ..


2

ޟަރޫރީ

26-Jan-2021

ހީނާ އަންނައްޗޭ ސައްލާޔަށް, އަހައްޗޭ އެއްކަލަ ބެޔަސް ނުބެޔަސް ވަޢުދުގެ ވާހަކަ, ވަރަށް ރަގަޅު ކުރާ ހިއްވަރަށް ސާބަސް, ފްލެޓް ހައްޤު.


12

ސަޢީދު

26-Jan-2021

ތާކުހުރި ރަންޑީއަކު ބުނީމަ އިސްތިއުފާދޭންޖެހޭރައީސެއްމިގައުމުގައިނެތް


-6

ސަޢީދު

26-Jan-2021

ތާކުހުރި ރަންޑީއަކު ބުނީމަ އިސްތިއުފާދޭންޖެހޭރައީސެއްމިގައުމުގައިނެތް


7

ޢަޒާ

26-Jan-2021

ޠާމީނުގެ ސަރުކާރުގަ ހާަދަ ބައިވަރެއް ލިބިފަދޯ ތިހރި



ޓްރެންޑިން