ސިޔާސީ މުވައްޒަފުން ސަރުކާރާ ހިޔާލު ތަފާތުވިޔަސް އެ ވާހަކަ ނުދެއްކޭ ގޮތަށް މިސަރުކާރުން އުސޫލެއް އެކުކަވާލާ އާންމު ކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަނީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން މުހައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރަށްވާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލުގައި ސަރުކާރުން ނިންމާ ނިންމުންތައް ބަލައިގަނެ، އެ ނިންމުންތަކަށް ޙުރުމަތްތެރިކޮށް ހިތަން ވާނެ ކަމަށާއި އަދި މިފަދަ ނިންމުންތަކާމެދު ޚިޔާލު ތަފާތުވިނަމަވެސް، އެކަމާ ގުޅޭގޮތުން ވަކިވަކި ފަރުދުންގެ ގާތުގައްޔާއި، އާންމު ތަންތާނގައި ނުވަތަ މީޑިއާގައި ވާހަކަދައްކައި، ނޫސް މަޖައްލާ ފަދަ ތަކެއްޗާއި މީސް މީޑިއާގައި ލިޔެ ނުހެދުމަށް އަންގާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ ޚަބަރަކީ އޮޅުމެއްކަމަށެވެ.
އަދި "ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލު" މިއީ 2012 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ޢަމަލުކުރަމުންދާ އުސޫލެއް ކަމަށާއި އިއްޔެ މިއުސޫލު އަލުން ޝާއިޢުކޮށްފައިވަނީ މިއުސޫލުގެ 9 ވަނަ މާއްދާގެ (ހ) ގެ (15) ވަނަ ނަންބަރަށް ގެނެވުނު ބަދަލަކާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.
“މިއީ މި އުސޫލަށް ގެނެވުނު 10 ވަނަ އިޞްލާހު ކަމަށް” ރައީސް އޮފީހުން ބުނެފައި ވެއެވެ.
ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލަށް މިގެނެނުވުނު އާ ބަދަލަކީ ހަމައެކަނި މުވައްޒަފުންގެ ސަލާމުގެ ޗުއްޓީއަށް ގެނެވިފައިވާ ބަދަލެކެވެ. މިބަދަލާއެކު ސަލާމުގެ ޗުއްޓީގެ 30 ދުވަހުގެ ތެރެއިން މެޑިކަލް ސެޓްފިކެޓެއް ނެތި ސަލާމުގެ ގޮތުގައި ދެވޭނީ 15 ދުވަހެވެ.
“މިބަދަލަކީ ވަޒީފާއާ ބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނާއެކު، ވަޒީފާއާބެހޭ ޤާނޫނުގެ 42 ވަނަ މާއްދާ (ސަލާމުގެ ޗުއްޓީ) އަށް ގެނެވުނު ބަދަލާ އެއްގޮތްވާ ގޮތުގެ މަތިން މިއުސޫލަށް ގެނެވިފައިވާ ބަދަލެކެވެ. މީގެކުރިން ރައީސުލުޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ އުޞޫލަށް ވެސް މިބަދަލު ގެނެސްފައިވެއެވެ.” ވަޓްސްއެޕް މީޑިއާ ގްރޫޕްގައި ހިއްސާ ކޮށްފައިވާ މެސެޖުގައި ލިއުއްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު