އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރާނީ އެމްޑީޕީން ކަމަށާއި އެކަމަށް ޝައްކު ނުކުރައްވާ ކަމަަށް ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެެވެ.
އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއަށް އިޝާރާތް ކުރައްވާ، ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން ޝިފާއު ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބަށް އެބޭފުޅުންގެ އަމާޒެއް ނެތް ކަމަށެވެ. ވާދަވެރިންގެ އަމާޒެއް ނެތްކަން ފާހަގަކުރެއްވުމަށް ފަހު އޭނާ ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރާނީ އޭނާ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ކަމަށެވެ.
އޭނާ ވިދާޅުވީ، މިހާރު އޮތް އިންތިގާލީ ކައުންސިލްތަކުން ކަންކަން ކުރާ ގޮތުން ސަރުކާރުން އެންމެ ބޭނުންވާ އަމާޒަށް މަސައްކަތް ނުކުރެވޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ، ބައެއް ކައުންސިލްތަކުގައި ވާދަވެރި ސިޔާސީ ފަރާތްތައް ތިއްބެވުމެވެ.
ތަކުރާރުކޮށް ޝިފާއު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބަށް ޕީޕީއެމް އަދި ޕީއެންސީން ތައްޔާރު ނުވާ ކަމަށާއި، މާދަމާ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވިޔަސް އެމްޑީޕީއިން އެ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށެވެ.
"އިދިކޮޅުގެ ސަޕޯޓަރުންވެސް އެ ބުނަމުން ދަނީ އިހުލާސްތެރިކަމެއް ނެތޭ. އަޅުގަނޑުމެންގެ ފްލޯއިން ވެސް ފެނިގެންދާނެ ވަރަށް ރަނގަޅަށް އެކަން. ވަރަށް ވަނދުކޮށް ފެނިގެން ދަނީ. ވާދަވެރިން ދައްކާ ވާހަކަ ސާފެއް ނުވޭ. މިސްރާބެއް ނެތް." މަޖިލިސް މެންބަރު ޝިފާއު ވިދާޅުވިއެވެ.
މިގެ އިތުރުން، އިދިކޮޅު ފަރާތްތަކަށް ކެމްޕެއިން ކުރަން ފުުރުސަތު ނުލިބޭތީ ކުރާ ޝަކުވާތަކަށް ރައްދުދެއްވައި ޝިފާއު ވިދާޅުވީ އެމްޑީޕީ އަށް ދޭ ފުރުސަތުގެ ތިން ގުނަ ފުރުސަތު ދިނަސް ޕީޕީއެމަށް އެމްޑީޕީން (ކެމްޕެއިން) ކުރާ ސްޓައިލްގައި ނުކުރެވޭނެ ކަމަށެވެ.
ކައުންސިލް އިންތިހާބު ޕީޕީއެމަށް ކާމިޔާބު ނުވާނެ ކަމަށް ޝިފާއު ވިދާޅުވި އިރު، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މީގެ ކުރިން އެހެން ވިދާޅުވެފައި ވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ތަކުގެ އިންތިހާބުތައް އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު