މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އަދާލަތުގެ އެތެރޭގެ އިންތިހާބުގައި ތިން ވަނަ ދައުރަކަށް ކުރިމަތިލައްވައި ކެންޕެއިން ފެށުމަށް ރޭ ބޭއްވި އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން، ދީނަށް ގޮންޖެހުން ކުރިމަތިކުރާ ކޯލިޝަނެއްގައި އަދާލަތު ނޯންނާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވުމުން ސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު ފާޑުވިދާޅުވެއްޖެއެވެ.
މި ހަރަކާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވެފައި ވަނީ އަދާލަތުން ގަބޫލުކުރާ އުސޫލުތަކާއި ހަމަތައް އެ ޕާޓީން ދޫކޮށް ނުލާނެ ކަމަށާއި މިހާތަނަށް ޕާޓީ ދެމި އޮތީ އެ އުސޫލުތައް ދަމަހައްޓަމުން ކަމަށެވެ. އަދި އޭނާގެ ލީޑާޝިޕްގައި އަދާލަތުގެ އުސޫލުތައް ދޫކޮށްލަން ފުރުސަތު ނުދޭނެ ކަމަށާ އެފަދަ ދުވަހެއް އަތުވެއްޖެނަމަ އެ ތަނެއްގައި އޭނާ ނުހުންނަވާނެ ކަމަށް ވަޒީރު އިމްރާން ވަނީ ވިދާޅުވެފައެވެ.
މިކަމަށް ރައްދު ދެއްވަމުން ސަލަފުގެ ރައީސް ވަނީ، ލާދީނީކަން ފޮރުވައިދިނުމަށް ފުށްޖަހައިދޭން ހަދާ ކޯލިޝަނަކުން ދައްކާ ވާހަކަޔަކުން ދީނަށް ލޯބިކުރާ ފަރާތްތަކަށް ހަގީގަތް އޮޅި އަދިވެސް ވާވަނުމަށް ޖާގަ އެބަ އޮތްތޯ ސުވާލުކުރަށްވާ ފައެވެ.
"ދީނަށް ގޮންޖެހުންކުރިމަތިކޮށް، ނަބިއްޔާ (صلى الله عليه )ގެ އަބުރުފުޅަށް ފުރައްސާރަ ކުރުން ސިޔާސަތުގައި ގެންގުޅޭ ޕާޓީއެއްގެ ލާދީނީކަން ފޮރުވައިދިނުމަށް ފުށްޖަހައިދޭން، ހަދާ ކޯލިޝަނަކުން، ދައްކާ ވާހަކަޔަކުން، ދީނަށްލޯބިކުރާ ފަރާތްތަކަށް ޙަޤީޤަތް އޮޅި، އަދިވެސް ވާވަނުމަށް ޖާގައެބޮތްބާއެވެ؟" ސަލަފްގެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
މި ސަރުކާރު އައި ފަހުން ދީނަށް ފުރައްސާރަ ކުރާ މީހުންގެ ހަރަކާތްތައް އިތުރުވެ ފުޅާވެ، ފާޅުގައި ދީނުގެ އަސްލުތަކާއި ހިލާފަށް އެތައް ބަޔަކު ވާހަކަ ދައްކަމުންދާކަން ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ބައެއް ޖަމާއަތްތަކުން ތުހުމަތު ކުރެއެވެ. ދީނުގެ ހައްދުތަކާއި ދެކޮޅު ހަދައި މާތްﷲ އާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓް ނެރެ ޝާއިއުކޮށް، އެ އަމަލު ހިންގި ލާދީނީ ޖަމިއްޔާތަކަށް ނިސްބަތްވާ މީހުން މި ސަރުކާރުގެ އިސް މަގާމުގައި އެބަތިބި ކަމަށް ވެސް އެފަދަ ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ނަމަވެސް މިނިސްޓަރު އިމްރާން ވިދާޅުވެފައި ވަނީ މިއަދު އޮތް ސަރުކާރަކީ ދިވެހި ރައްޔިތުންނަށް ލާބަޔާ މަންފާއާ ހެޔޮގޮތް ހުރި ކަންކަން ގެނައުމަށްޓަކާ ހިތްވަރާ އަޒުމާއެކު މަސައްކަތް ކުރާ ސަރުކާރެއް ކަމަށާއި ސަރުކާރު ހަމަމަގުން ދިއުމަށް ނުވަތަ ރަނގަޅަށް ދިއުމަށް އެހީތެރި ވެދޭނެ ކަމަށާއި އެކަމުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު