ޑރ. މުހައްމަދު ޖަމީލް އަހުމަދު
ޑރ. މުހައްމަދު ޖަމީލް އަހުމަދު
ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ ގާނޫނާ ހިލާފަށް މުޒާހަރާތަކަށް ފުރުސަތު ނުދީ، މީހުން ހައްޔަރު ކުރުން ފަދަ އަމަލުތައް ހިންގުމުން ކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ އިއްޔެ މާލޭގައި އިިދިކޮޅު ޕާޓީތަކުން މުޒާހަރާ ކުރަމުން ދަނިކޮށް ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ހިމެނޭ ހެން މުޒާހަރާގެ ގިނަ ބައިވެރިންތަކެއް ހައްޔަރުކުރުމާ ގުޅިގެންނެވެ.

އަދުރޭ ހައްޔަރުކުރުމާ ގުޅިގެން، ރައީސް ޔާމިންގެ ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސުލްހަވެރިކަމާއެކު ސިޔާސީ ހަރަކާތް ހިންގުމަކީ ކުށެއް ނޫން ކަމަށާއި އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ އާއި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި އެހެން ބޭފުޅުން ވެސް ހައްޔަރު ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ.

ޖަމީލް ވިދާޅުވީ މިއަދުގެ ސަރުކާރުން ވެސް ކަންތައް ކުރަނީ އެމްޑީޕީގެ ކުރީގެ ސަރުކާރުން ވެސް ކަންތައް ކުރި ގޮތަށް ކަމަށެވެ.

"ކުރިން ވެސް އެމްޑީޕީގެ ސަރުކާރު ނިމުނީ މި ގޮތަށް ޗާޓުން ބޭރުން ކަންތައް ކުރުމުން." ޖަމީލް ވިދާޅުވިއެވެ.

މަނީލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ މާފުށީ ޖަލުގައި ރައީސް ޔާމީން އޮންނަވާތާ އަހަރަކަށްް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެމަނިކުފާނަށް އިއްވާފައިވާ ހުކުމަކީ އިންސާފުން ބޭރުން ހިންގި ޝަރީއަތެއްގައި އިއްވާފައިވާ ހުކުމެއް ކަމުގައި އެމަނިކުފާނުގެ ސަޕޯޓަރުން ގަބޫލު ކުރެއެވެ. އަދި އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި މީގެ ކުރިން ވެސް އެތައް އިހްތިޖާޖެއް ކޮށްފައިވެއެވެ.

ނަމަވެސް، ދަށު ކޯޓުން އިއްވި ހުކުމް ރައީސް ޔާމިންގެ ފަރާތްޕުޅުން މަތީ ކޯޓުގައި އިސްތިއުނާފް ކުރުމުން އެކޯޓުން ވެސް ނިންމާފައި ވަނީ ދަށުކޯޓުން ކުރި ހުކުމަށް ތާއީދުކޮށް އެމަނިކުފާނުގެ މައްޗަށް އެކުށް ސާބިތުވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


4

ހާބުރި

27-Jan-2021

ކޮހެއް ތީ


3

މުހައްމަދު ޟަހީމް

27-Jan-2021

ޔާމިނުގެ ސަރުކާރު ފަސްއަހަރުގެ ދައުރު ނިމެންދެންއޮތީ މުޒާހިރާކުރާމީހުންނަން ފުރުސަތުދިންލެއްބޮޑުކަމުންތޯ



ޓްރެންޑިން