އިންޑިއާގެ ބަރުލަމާނީ ޑިމޮކްރަސީން އެއް ބިލިއަނަށް ވުރެ ގިނަ މީހުންނަށް އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދެވެމުންދާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާއެކު އެ ގައުމުގެ ވެރިކަމުގެ ނިޒާމަށް ތައުރީފުކުރައްވައިފިއެވެ.
އަވަށްޓެރި އިންޑިޔާގެ 72 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއި އެ ގައުމުގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި ނަޝީދު މިއަދު ވިދާޅުވީ، އިންޑިއާގައި އޮންނަ ބަރުލަމާނީ ޑިމޮކްރަސީ އާއި ލާމަރުކަޒީ އުސޫލުން ސްޓޭޓްތަކަށް ބާރުދެވިގެން ހިންގާ އިދާރީ ހިންގުމުގެ ނިޒާމުގެ ސަބަބުން ބިލިއަނަކަށް ވުރެ ގިނަ މީހުންނަށް އިޖްތިމާއީ ރައްކާތެރިކަމާއި ތަނަވަސް ދިރިއުޅުމެއް ފޯރުކޮށްދެވެމުންދާ ކަމަށެވެ.
ނަޝީދު ވިދާޅުވީ، ދުނިޔޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތު ނައްތާލުމަށް ކުރެވެމުންދާ މަސައްކަތުގައި އިންޑިއާއިން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު އެ އިޝާރާތްކުރެއްވީ އިންޑިޔާއިން އުފެއްދި ވެކްސިން ގިނަ ގައުމުތަކަކަށް ހަދިޔާ ކުރަމުންދާތީ އެ ކަމަށެވެ.
އިންޑިޔާގެ ސެރަމް އިންސްޓިޓިއުޓުން ވަނީ އެސްޓްރަޒެނެކާ އާއި އޮކްސްފޯރޑް ޔުނިވަރސިޓީ ގުޅިގެން އުފައްދާފައިވާ ކޮވިޑް ވެކްސިންގެ އެތައް މިލިއަން ޑޯޒެއް އުފައްދާފައެވެ.
އިންޑިއާގައި އޮންނަ ބަރުލަމާނީ ނިޒާމުގެ ވެރިކަމުގެ ނިޒާމަށް ތައުރީފް ކުރައްވައި ނަޝީދު މިއަދު ވާހަކަފުޅު ދެއްކެވިއިރު، އެމަނިކުފާނަކީ އަބަދުވެސް ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި އޮތުމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.
ދެހާސްހަތްވަނަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ވެސް ނަޝީދު ހިމެނޭހެން އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ތާއީދު ކުރެއްވީ ބަރުލަމާނީ ނިޒާމަކަށެވެ. އެކަމަކު ނިޒާމު ކަނޑައެޅުމަށް ބޭއްވި އެ ވޯޓުގައި އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުން ތާއީދު ކުރީ ރިޔާސީ ނިޒާމަކަށެވެ.

ކިޔުންތެރިންގެ ހިޔާލު