އައިޝަތު ރަފާހު ޢަލީ   26 ޖެނުއަރީ 2021 - 21:42
ބާރު އޮތީމަ ބޭނުން ކަމެއް ކުރެވިދާނެ ކަމަށް ވިދާޅު ރައްޔިތުންގެ މަޖިލީހުން ޓިކްޓޮކް އެކައުންޓެއް ހުޅުވައި އެކަން އާންމު ކުރުމުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ފާޑުވިދާޅުވެއްޖެއެވެ.

ދިވެހި ޒުވާނުންގެ މެދުގައި މިހާރު އެންމެ މަޤްބޫލު ޓިކްޓޮކް ގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސްގެ ރަސްމީ އެކައުންޓެއް ހުޅުވައި އާންމު ކުރުމަށްފަހު ރައްޔިތުން މަޖިލީހުގެ އިދާރާއިން ބުނީ ޓިކްޓޮކްގައި މަޖިލީހުގެ އެކައުންޓެއް ހުޅުވުމުގެ ސަބަބުން ދިވެހި ޒުވާނުންނަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ވުރެ ބޮޑަށް އެނގިގެން ދާނެ ކަމަށެވެ.

"‏ހަގީގަތުގައި މީ ރައީސް މުހައްމަދު ނަޝީދު ގެ މަގުބޫލުކަން ކުޑަ ވާތީވެ ކުރާކަންތައް. އެކްޓިވް ކަމަށް ބުނާ އިންސްޓަގްރާމް ބަލާލިއަަސް މިބުނިކަންތަށް ޔަގީންވާނެ. ބާރު އޮތަތީ ބޭނުން ކަމެށް ކުރެވިދާނެ." މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ޓިކްޓޮކް އެކައުންޓެއް ހުޅުވާފައިވާކަން އިއުލާނު ކޮށްފައިވަނީ އިއްޔެއެވެ. އެ އެކައުންޓް ހުޅުވައި މިއަދު ވަނީ ވީޑިއޯވެސް އާއްމުކޮށްފައެވެ. އެ އިދާރާގެ ރަސްމީ ޓްވީޓާ އެކައުންޓްގައި ޓިކްޓޮކް އެކައުންޓްގެ ލިންކް ހިއްސާކޮށް ފޮލޯ ކުރުމަށް ވެސް އެދިފައިވެއެވެ.

އެ އެކައުންޓްގައި މިއަދު އާންމުކުރި ފުރަތަމަ ވީޑިއޯއިން ފެނިގެން ދަނީ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިދިޔަ އަހަރު ބޭއްވި ފުރަތަމަ ޖަލްސާގެ ވީޑިއޯ ކްލިޕެކެވެ. އެ ވީޑިއޯ ކްލިޕް އާންމުކޮށް މަޖިލީސް އިދާރާއިން ބުނީ، މިއަހަރުގެ މަޖިލީސް ހުޅުވުމަށް ބާއްވާ ޖަލްސާ އޮންނާނީ ފެބްރުއަރީ 2021 ގައި ކަމަށެވެ. އަދި އެ ޖަލްސާގައި ރައީސް އިބްރާޙިމް މުހައްމަދު ޞާލިހް އެމަނިކުފާނުގެ ރިޔާސީ ބަޔާން އިއްވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން