ކޯވިޑް-19 ގެ ސަބަބުން ދިވެހިންގެ ވަޒީފާތަކަށް ކުރާ އަސަރު މި އަހަރުގެ ބޮޑުބަޔަކަށްވެސް ދެމިގެންދާނެ ކަމަށް ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީލަންކާ އާއި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވެއްޖެ އެވެ.
ފާރިސް މިގޮތަށް ވިދާޅުވެފައިވަނީ، ކޯވިޑް-19 ގެ ސަބަބުން ދިވެހިންގެ ތެރެއިން އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް އެހީވުމަށް ވޯލްޑް ބޭންކުން އިތުރު 21.6 މިލިއަން ޑޮލަރު ދިނުމަށް އެ ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރުމާ ގުޅިގެން އެ ބޭންކުން ނެރުނު ބަޔާނެއްގައެވެ. ފާރިސް ވިދާޅުވީ، ފަތުރުވެރިކަމަކީ ރާއްޖޭގެ ގިނަ ބައެއްގެ ވަޒީފާތައް އެ ޙަރަކާތަކަށް ބިނާވެފައިވާ އިޤްތިޞާދީ ޙަރަކާތް ކަމަށް ވީ ނަމަވެސް. ކޯވިޑް-19ގެ ކާރިސާގެ ސަބަބުން ވަޒީފާތަކަށް ކުރާ އަސަރު މި އަހަރުގެ ބޮޑުބަޔަކަށްވެސް ދެމިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
"ދުނިޔޭގެ އެކި ކަންކޮޅުތަކާއި ދިވެހިރާއްޖޭގައިވެސް ވައިރަސް ފެތުރިފައިވާ މިންވަރުގެ ސަބަބުން، ފިނިމޫސުމުގެ ފަތުރުވެރިކަމުގެ ހައި ސީޒަންގައިވެސް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މަދުވާނެ ކަމަށް ހޮޓާތަކާއި ރިސޯޓްތަކުން އަންދާޒާކުރޭ. ބައެއް ތަންތަން ބަންދުކޮށްފައިވާއިރު، ގިނަ އަދަދެއްގެ މަސައްކަތްތެރިން ތިބީ މުސާރަ ނުލިބޭ ގޮތަށް ނުވަތަ ކުޑަ މުސާރައަކާ އެކު ޗުއްޓީގައި އަދި ބައެއް ފަރާތްތަކުގެ ވަޒީފާ ވަނީ ގެއްލިފައި. މި ކާރިސާގެ ސަބަބުން ވަޒީފާތަކަށް ކުރާ އަސަރު މި އަހަރުގެ ބޮޑުބަޔަކަށްވެސް ދެމިގެންދާނެ ކަމަށް ބެލެވޭ،" ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި އެވެ.
ވޯލްޑް ބޭންކުން ބުނެފައިވަނީ، އެބޭންކްގެ މިފަހަރު ރާއްޖެއަށް ދޭ އެހީތެރިކަމަކީ މިދިޔަ އަހަރުގެ ޖޫން މަހު ވޯލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ރާއްޖެއަށް ދިނުމަށް ފާސްކުރި 12.8 މިލިއަން ޑޮލަރުގެ ފައިސާއާ އެކު "ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ފުޅާކުރުމަށް ދޭ އެހީއެއް ކަމަށެވެ. މިއީ ކޯވިޑްގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ނުވަތަ އާމްދަނީ އަށް އަސަރުކޮށްފައިވާ މީހުންނަށް މަހަކު 5،000 ރުފިޔާގެ ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ދޭ އެހީ އެކެވެ.
"ކޯވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ކުރިއަށް ގެންދަނީ، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ. މި މަޝްރޫއަށް އިތުރަށް ހަރަދުކުރުމަށް ވޯލްޑް ބޭންކުން ފާސްކޮށްފައިވަނީ ޖުމްލަ 21.6 މިލިއަން ޑޮލަރެވެ. މި ފައިސާ ހަމަޖެހިފައިވަނީ، ތަރައްޤީވަމުން އަންނަ ޤައުމްތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ ހިލޭ އެހީގެ ގޮތުގަ އެވެ.
އިތުރަށް ހަމަޖެހުނު ފައިސާއާ އެކު، "ކޯވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" އަށް ވޯލްޑް ބޭންކުން ދިން އެހީގެ ޖުމްލަ ޢަދަދު 34.4 މިލިއަން ޑޮލަރަށް އަރާނެއެވެ. އޭގެ ތެރޭގައި، މީގެ ކުރިން އައިޑީއޭ އިން ފޯރުކޮށްދީފައިވާ 6.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި، 6.4 މިލިއަން ޑޮލަރުގެ ލޯނު އެހީ ހިމެނެ އެވެ. މިދިޔަ އަހަރުގެ އޭޕްރީލްގައި ވޯލްޑް ބޭންކުން 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއްވެސް ރާއްޖެއަށް ދީފައިވެ އެވެ.
ކޯވިޑް-19ގެ ސަބަބުން ވަޒީފާއަށް އަސަރުކޮށްފައިވާ ހުރިހާ ފަރާތްތަކަށް އެލަވަންސެއް ދިނުމަށް ނިންމައި ސަރުކާރުން ވަނީ މި އެލަވަންސް ދޭން ފަށާފައެވެ. އޭގެ ތެރޭގައި ވަޒީފާއިން ވަކިކޮށްފައިވާ، ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތެއް ނަމަ، މަހަކު 5000 ރުފިޔާގެ އިނާޔަތެއް ދިނުމާއި، މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އުނިކުރި ޢަދަދު 5000 ރުފިޔާއަށް ވުރެ މަދު ނަމަވެސް މި އެލަވަންސް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

Great news! @WorldBank’s Board of Executive Directors just approved additional financing of $21.6 million to help workers in #Maldives impacted by the #COVID19 crisis. Read more: https://t.co/X0Lfcjio2m
— World Bank Maldives (@WBMaldives) January 26, 2021
ވޯލްޑް ބޭންކުން ބުނެފައިވަނީ، އެބޭންކްގެ މިފަހަރު ރާއްޖެއަށް ދޭ އެހީތެރިކަމަކީ މިދިޔަ އަހަރުގެ ޖޫން މަހު ވޯލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ރާއްޖެއަށް ދިނުމަށް ފާސްކުރި 12.8 މިލިއަން ޑޮލަރުގެ ފައިސާއާ އެކު "ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ފުޅާކުރުމަށް ދޭ އެހީއެއް ކަމަށެވެ. މިއީ ކޯވިޑްގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ނުވަތަ އާމްދަނީ އަށް އަސަރުކޮށްފައިވާ މީހުންނަށް މަހަކު 5،000 ރުފިޔާގެ ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ދޭ އެހީ އެކެވެ.
"ކޯވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ކުރިއަށް ގެންދަނީ، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ. މި މަޝްރޫއަށް އިތުރަށް ހަރަދުކުރުމަށް ވޯލްޑް ބޭންކުން ފާސްކޮށްފައިވަނީ ޖުމްލަ 21.6 މިލިއަން ޑޮލަރެވެ. މި ފައިސާ ހަމަޖެހިފައިވަނީ، ތަރައްޤީވަމުން އަންނަ ޤައުމްތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ ހިލޭ އެހީގެ ގޮތުގަ އެވެ.
އިތުރަށް ހަމަޖެހުނު ފައިސާއާ އެކު، "ކޯވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" އަށް ވޯލްޑް ބޭންކުން ދިން އެހީގެ ޖުމްލަ ޢަދަދު 34.4 މިލިއަން ޑޮލަރަށް އަރާނެއެވެ. އޭގެ ތެރޭގައި، މީގެ ކުރިން އައިޑީއޭ އިން ފޯރުކޮށްދީފައިވާ 6.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި، 6.4 މިލިއަން ޑޮލަރުގެ ލޯނު އެހީ ހިމެނެ އެވެ. މިދިޔަ އަހަރުގެ އޭޕްރީލްގައި ވޯލްޑް ބޭންކުން 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއްވެސް ރާއްޖެއަށް ދީފައިވެ އެވެ.
ކޯވިޑް-19ގެ ސަބަބުން ވަޒީފާއަށް އަސަރުކޮށްފައިވާ ހުރިހާ ފަރާތްތަކަށް އެލަވަންސެއް ދިނުމަށް ނިންމައި ސަރުކާރުން ވަނީ މި އެލަވަންސް ދޭން ފަށާފައެވެ. އޭގެ ތެރޭގައި ވަޒީފާއިން ވަކިކޮށްފައިވާ، ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތެއް ނަމަ، މަހަކު 5000 ރުފިޔާގެ އިނާޔަތެއް ދިނުމާއި، މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އުނިކުރި ޢަދަދު 5000 ރުފިޔާއަށް ވުރެ މަދު ނަމަވެސް މި އެލަވަންސް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު