މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު
މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު
ކޯވިޑް-19 އިގެ ޚަރަދުގެ ގޮތުގައި ސަރުކާރުން 3 ބިލިއަން ޚަރަދު ކޮށްފައިވަނީ ރައީސް އޮފީހާއި ދަރުބާރުގޭގެ ހަތަރުފާރުން އެތެރެއަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ކުރި ހޭދަ ވަނީ 2.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެގޮތުން ސިއްހީ އަދި އިޖުތިމާއީ ދާއިރާ އަށް 1.4 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު، އިކޮނޮމިކް ރެސްޕޮންސްގެ ދަށުން ކުރި ހޭދަ ވަނީ 1.5 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.

އެކަމާ ގުޅިގެން މެންބަރު ސައީދު ވިދާޅުވީ، ކޮވިޑަށް ދިވެހި ސަރުކާރުން 3 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވަނީ ދަރުބާރުގެ އާއި ރައީސް އޮފީހުގެ 4 ފާރުގެ ތެރެއަށް ކަމަށެވެ. އަދި ސަރުކާރުން ކުރި ޚަރަދުން ދިވެހި ރައްޔިތަކަށް ކުރި ފައިދާއެއް ނެތް ކަމަށް ސަޢީދު ވިދާޅުވިއެވެ.

"ރައްޔިތަކަށް ކުރި ފައިދާއެއް ދެއްކޭނެ އެއްވެސް ގޮތެއް ނެތް. މުދަލުގެ އަގު ވަނީ ބޮޑު." މެންބަރު ސަޢީދު ވިދާޅުވިއެވެ.



ސައީދުގެ ޓްވީޓުގައި ވަނީ ކޯވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގައި ނާކާމިޔާބުވެ އިޓަލީގެ ބޮޑުވަޒީރު މަޤާމުން އިސްތިޢުފާ ދެއްވުމަށް ނިންމެވި ޚަބަރެއް ހިމަނުއްވާފައެވެ.

ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ކުރާ ހޭދަ ބޮޑުވެފައިވާއިރު ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ، އިކޮނޮމިކް ރެސްޕޮންސްގެ ދަށުން ރިކަވަރީ ލޯން ސްކީމަށް ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން މި ލޯނުތަކަށް މިހާތަނަށް 1.15 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވާއިރު އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި 227.4 މިލިއަން ރުފިޔާ އަދި ކަރަންޓު ބިލުތަކުން ޑިސްކައުންޓުގެ ގޮތުގައި 117.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޙަސަން

27-Jan-2021

ސައީދު ދައްކާ ވާހަކަ ހުންނަނީ' ކަމެއް އޮޅުންނުފިލާ ބަޔަކަށް ކަމެއް އޮޅުވާލަން އުޅޭކަހަލަ ގޮތެއް. އެކަމަކު އެކަމަކީ ގިނަމީހުންނަށް އެކަން އެނގޭއިރު އެދައްކަނީ ދޮގުވާހަކަކަން އެމީހުންނަށް އެނގޭނެ.



ޓްރެންޑިން