މ. ކޮޅުފުށީގައި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ދަނީ
މ. ކޮޅުފުށީގައި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ދަނީ
މ. ކޮޅުފުށިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު 09 އަށް އަރައިފިއެވެ.

މ. ކޮޅުފުށިން ރަސްއޮންލައިނަށް މަޢުލޫމާތުދިން ފަރާތުން ވިދާޅުވެފައިވަނީ އެރަށުން ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހަކާއި، 1 އަހަރުގެ ކުޑަ ކުއްޖަކުވެސް ހިމެނޭ ކަމަށެވެ. މީގެ އިތުރުން އެރަށު ސްކޫލްގެ ޓީޗަރެއްވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ހަމަ އެއާއެކު އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކާއި، ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފަކާއި، އެމްބިއުލާންސް ޑްރައިވަރުގެ އަންހެނުންނާއި ދަރިފުޅުވެސް ވަނީ ޕޮޒިޓިވްވެފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވް މީހެއް ފެނުމާ ގުޅިގެން މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވާ، މ.ކޮޅުފުށީގައި ބަލި އުޅޭތޯ ބެލުމަށް މިހާތަނަށް އެރަށުން 106 ސާމްޕަލް ވަނީ ނަގައިފައެވެ. މ.ކޮޅުފުށި މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ އެރަށުން މާލެއައި މީހަކު، މާލެ އައިތާ ދެވަނަ ދުވަހު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އަދި އެ މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 52 މީހުން މިހާތަނަށް ވަނީ ފާހަގަވެފައެވެ. މި ކޭސްއާ ގުޅިގެން ކޮޅުފުށި މޮނިޓަރިންގެ ޙާލަތަށް ގެނައީ މިމަހުގެ 24ވަނަ ދުވަހުގެ މެންދުރުފަހުއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 15،102 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން