ޖަމާލުއްދީން ސުކޫލް - ފައިލް ފޮޓޯ
ޖަމާލުއްދީން ސުކޫލް - ފައިލް ފޮޓޯ
ޖަމާލުއްދީން ސްކޫލްގެ މެނޭޖްމަންޓްގައި މަސައްކަތް ކުރަމުން އަންނަ ބަޔަކު ކޯވިޑް-19އަށް ފައްސިވެ، އެސްކޫލްގެ އޮފީސް ބަންދުކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ސްކޫލުން ފައްސިވީ ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލް އަދި ބައެއް ލީޑިން ޓީޗަރުންނާއި ސްކޫލްގެ އެޑްމިނިސްޓްރޭޓަރެކެވެ.

އެ ސްކޫލުން ފުރަތަމަ ފައްސިވީ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލެވެ. އޭގެ ފަހުގައި ލީޑިން ޓީޗަރަކު ވެސް ކޯވިޑް-19އަށް ވަނީ ފައްސިވެފައެވެ. އެއަށްފަހު އެ ސްކޫލްގެ ޕްރިންސިޕަލް ހަސަން މުހައްމަދުގެ އިތުރުން ސްކޫލްގެ އެޑްމިނިސްޓްރޭޓާ ވެސް ބައްޔަށް ފައްސިވެގެން ދަނީ ފަރުވާ ހޯދަމުންނެވެ.

ކޯވިޑް-19 ރޯގާއަށް މިހާތަނަށް ރާއްޖެއިން 15،000 އަށް ވުރެ ގިނަ މީހުން ފައްސިވެ، 51 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ. އަދި މާލެ ސަރަހައްދުގައި ކޯވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަން ފެށުމާއެކު ރޭ ދަންވަރު 12:00ގެ ފަހުން މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅުން މަނާކޮށް ކާފިއު ވެސް ވަނީ އިއުލާނު ކޮށްފައެވެ.

މީގެ އިތުރުން، ރާއްޖޭން ބޭރުން އަންނަ މީހުން ކަރަންޓީންވުން ލާޒިމުކުރުމާއި ޕާޓީތަކާއި އެއްވުންތައް މަނާކުރުން ވެސް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން