ރ. ދުވާފަރު މަގެއްގައި ތާރު އަޅާފައި. - ފޮޓޯ: އެމްޓީސީސީ
ރ. ދުވާފަރު މަގެއްގައި ތާރު އަޅާފައި. - ފޮޓޯ: އެމްޓީސީސީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކުރި ރ. ދުވާފަރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލައިފި އެވެ.

މިކަމާ ގުޅިގެން، އެމްޓީސީސީން ބުނީ ތާރު އަޅައި ނިމުމާ އެކު، އެ ރަށުގެ މަގު ހެދުމުގެ މުޅި މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މަގުމަތީ ނިޝާން ޖެހުމާއި ޒިބްރާ ކްރޮސް ނިޝާން ޖެހުމުގެ މަސައްކަތާއި ސްޕީޑް ބްރޭކަރު ހަރުކުރުގެ މަސައްކަތް ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ދުވާފަރުގައި ދުވާރުގެ 6813.08 އަކަ މީޓަރުގެ ސަރަހައްދެއް ތަރައްގީ ކޮށްފައިވާއިރު، ވެހިކަލް ދުއްވަން 25،513 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިފައި ވެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަށް 47 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން