ޝެއިޚް އަލީ ޒައިދު
ޝެއިޚް އަލީ ޒައިދު
ސްކޫލްތަކަށް ގެއްލުންދިނުމަކީ ހަގީގަތުތައި ވެސް ހަރުކަށި ފިކުރެއް ކަމަށާއި ތަޢުލީމީ މުއައްސަސާއަކަށް ގެއްލުންދޭން އިސްލާމް ދީން ދަންނަ ބަޔަކު ހިތުވެސް ނުލާނެ ކަމަށް ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު ވިދާޅުވީ، މިފަދަ ފިކުރު ތަކުގައި ޒުވާނުން ޖެހުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.



ޝައިޚް މިހެން ވިދާޅުވި އިރު، މިދިޔަ އަހަރު ތ. ތިމަރަފުށިން ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުންނާ ނިރުބަވެރި ޖަމާއަތެއް ކަމަށްވާ އައިސިސްއާ ގުޅުން އެބަ އޮތް ކަމަށާއި ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާން ހަދަމުން ދަނިކޮށް ސްކޫލްގެ ލެބޯޓަރީ ގޮއްވާލަން އެ މީހުން ރޭވި ކަމަށް ފުލުހުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ.

"އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ތަރުޖަމާނުގެ ޚިޠާބާ ގުޅިގެން، ރާއްޖޭގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން ގޮސްފައިވެއެވެ. މިގޮތުން 2020 ވަނަ އަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދާ ވަގުތާ ދިމާކޮށް އެ ސްކޫލްގެ ލެބޯޓަރީ ގޮއްވާލުމަށް ރޭވިކަމާއި، މިދުވަސްވަރު ސްކޫލްގެ ލެބޯޓަރީގެ ކެމިކަލް ރައްކާކުރާ ގުދަން ފަޅާލާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ." ފުލުހުން އިއްޔެ ނެރުނު ބަޔާނުގައި ވެއެވެ.

ފުލުހުން ބުނީ އެ މީހުންނަކީ އައިސިސްއާ ގުޅިގެން އެ ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލްތައް ހިންގުމަށް ހިތްވަރުދީ ރާވަމުން ދިޔަ ބައެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން