އިދިކޮޅު މަދު ބަޔަކު އެއްވެ ކުރިއަށް ގެންދާ މުޒާހަރާ
އިދިކޮޅު މަދު ބަޔަކު އެއްވެ ކުރިއަށް ގެންދާ މުޒާހަރާ
އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބަޔަކު މިއަދުވެސް މާލޭގައި ހުންނަ ހެލްތު މިނިސްޓްރީގެ މައި އޮފީސް ކުރިމަތީގައި މުޒާހަރާކުރަމުން އެބަދެއެވެ.

މިހާރު ކުރިއަށްދާ މި މުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ވެކްސިންތަކެއް ދިވެހި ރައްޔިތުންގެ ގަޔަށް ޖެހުމަށް ކުރަމުންދާ މަސައްކަތަކީ ސަރުކާރުން ހަދަން އުޅޭ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

މަދު ބަޔަކު ބައިވެރިވެ ކުރިއަށްދާ މިމުޒާހަރާގެ ބައިވެރިން ގޮވަމުންދަނީ އިންޑިޔާއިން ހަދިޔާ ކުރި ވެކްސިން ނުޖަހާނެ ކަމަށެވެ. އަދި ސިއްހީ ހިދުމަތްތެރިން ލައްވައި ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ހެލްތު މިނިސްްރީން ކުރަމުން ދާ މަސައްކަތް ވަގުތުން ވަގުތައް ހުއްޓާލުމަށް ވެސް އެ މީހުން ދަނީ ގޮވަމުންނެވެ.

މީގެ އިތުރުން މުޒާހަރާގެ ބައިވެރިން އަންނަނީ ހެލްތު މިނިސްޓަރުވެސް އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ. އަދި ރައްކާތެރިކަން ކަށަވަރުވެފައި ނުވާ ވެކްސިނެއް ނުޖެހުމަށްވެސް މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދާކަން ފާހަގަކޮށްލެވެއެވެ.

މި މުޒާހަރާ ސޯސަންމަގުގައި ހުންނަ ހެލްތު މިނިސްޓްރީގެ އިދާރާ ކުރިމަތީގައި ކުރިއަށް ދާއިރު އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ވަނީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާ ބައްދަލު ކުރެއްވުމަަށް މިނިސްޓްރީ ތެރެއަށް ވަދެވަޑައިގެންފައެވެ.

އިންޑިޔާއިން ރާއްޖެއަށް ހަދިޔާ ކުރީ، އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިންގެ އެއް ލައްކަ ޑޯޒެވެ.

ސަރުކާރުން ބުންފައިވަނީ ވެކްސިން ޖަހާނީ ކަމާބެހޭ ފަރާތްތަކުން ހުއްދަ ކުރުމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން