ހުއްދަލިބޭނެ ދުވަހެއް ނޭނގޭ އެއްޗެއް ގެނެސް ބޮޑުފޮށީގާ ބެހެއްޓުމުގެ ބޭނުމެއް ހަމައެެއްގޮތަކައްވެސް ވިސްނިވަޑައި ނުގަންނަވާ ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވެއްޖެއެވެ.

ނަވާޒް މިހެން ވިދާޅުވެފައިވަނީ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ޢަޒީޒް އިންށިއާއިން ހަދިޔާކުރި ކޮވިޑް ވެކްސިނާ ބެހޭގޮތުން ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. މަބްރޫކް ވިދާޅުވީ ހުއްދަ ނުދޭ ވެކްސިނެއް ގެނައީ، ހުއްދަ ލިބުމުން ލަސްނުވެ ވަގުތުން ޖެހޭނެތީ ކަމަށެވެ.

"‏މިސަކަރާތް މިހެން ނުޖަހާ މިހާރުވެސް ޖަހަން ހުއްދަ ދީފައިވާ ވެކްސިން ގެނައިނަމަ އެވީނޫންތޯ. ހުއްދަލިބޭނެ ދުވަހެއް ނޭނގޭ އެއްޗެއް ގެނެސް ބޮޑުފޮށީގާ ބެހެއްޓުމުގެ ބޭނުމެއް ހަމައެެއްގޮތަކައްވެސް ނުވިސްނުނު." ނަވާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ކޮވިޑް-19 ހުއްޓުވުމަށް ދިވެހި މީޑިއާތައް ގުޅިގެން، "ކޮވިޑް ހުއްޓުވާނީ އަހަރެން"ގެ ނަމުގައި ހިންގި ގައުމީ ކެމްޕޭން ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ވެކްސިން ނުޖަހައި އެ ބަލިން އަރައިގަނެވެން މިވަގުތު ނެތް ކަމަށެވެ.

އިންޑިއާއިން ހަދިޔާ ކުރި މި ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ލިބިފައިވާ އިރު މަބްރޫކް ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްފައި ނޫނީ ދިވެހި ރައްޔިތުންގެ ގަޔަށް ވެކްސިން ނުޖަހާނެ ކަމަށެވެ.

ރާއްޖޭގެ ސިއްހީ މަސައްކަތްތެރިންނާއި ފްރަންޓްލައިން މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް ވެކްސިން ދިނުމަށް އިންޑިއާއިން ރާއްޖެއަށް ވަނީ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް ހަދިޔާކޮށްފައެވެ. ކޮވިޝީލްޑް ވެކްސިންއަކީ އޮކްސްފޯޑާއި އެސްޓްރާޒެންކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ވެކްސިނެކެވެ. މިއީ އިންޑިއާ އާއި އެހެން ބޮޑެތި ގައުމުތަކުން ވެސް ބޭނުން ކުރަމުންދާ ވެކްސިނެކެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޒައިކް

28-Jan-2021

ހޭއްބައްޔާ ގަމާރާ އެއީ ހިލޭ ލިބުނު އެއްޗެއް.. ހިލޭ ތިބޭ އެއްޗެއްސަކީ ބޭނުންހާއިރަކު ލިބޭ ގޮތަށް ހުންނަ ތަކެއްޗެއް ނޫން..


-21

ކިނބޫ

28-Jan-2021

އިންޑިއާގަ ގުދަނެއް ނެތިގެން ރާއްޖޭގަ ގުދަން ކޮށްފަ ބަހައްޓަން ގެނައީ! ޮ


4

ކިނބޫ

11-Feb-2021

އިންޑިއާގަ ގުދަނެއް ނެތިގެން ރާއްޖޭގަ ގުދަން ކޮށްފަ ބަހައްޓަން ގެނައީ!



ޓްރެންޑިން