ވެލާ ރިސޯޓު
ވެލާ ރިސޯޓު
ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ މުވައްޒަފުންނަށް ޖެނުއަރީ މަހުވެސް މުވައްޒަފުންނަށް ސަރވިސް ޗާޖުގެ ގޮތުގައި 62900 ރުފިޔާ ދީފިއެވެ.

މިހިނގާ ޖަނަވަރީ މަހު ސާވިސް ޗާރޖްގެ ގޮތުގައި، 4079.10 ޑޮލަރު، ގާތްގަނޑަކަށް 62900 ރުފިޔާ ވެލާގެ ކޮންމެ މުވައްޒަފަކަށް ދީފައިވާއިރު މިމަހު ދެވަނައަށް އެންމެ ގިނައިން ސާވިސް ޗާޖް ދީފައިވަނީ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުންނެވެ. އެރިސޯޓުން ސާވިސް ޗާޖްގެ ގޮތުގައި 3340 ޑޮލަރު ވަނީ ދީފައެވެ.

ރިސޯޓުތަކުން ނެރެފައިވާ ސާވިސް ޗާޖްގެ ތަފްސީލަށް ބަލާއިރު ތިން ވަނައިގައި އުޅެނީ ޗެވަލް ބްލެންކް ރަންދެލި އެވެ. އެއީ 3315.11 ޑޮލަރު ސާވިސް ޗާޖްގެ ގޮތުގައި ދީގެންނެވެ.

މީގެ އިތުރުން ފޯސިޒަނުން 2960.99 އެމެރިކާ ޑޮލަރު ،ވޮއްމުލިން 2070 އެމެރިކާ ޑޮލަރު، ކިހާވައް ވިލާސް އިން 2097.43 އެމެރިކާ ޑޮލަރު ސާވިސް ޗާޖްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ދީފައިވާއިރު ރީތި ރަށް ރިސޯޓުންވަނީ 3007 އެމެރިކާ ޑޮލަރު ދީފައެވެ.

ބައެއް ރިސޯޓު ތަކުން ސަރވިސް ޗާޖު ދިނުމުގައި ވަރަށްބޮޑަށް އޮޅުވާލައި އަދި ސަރވިސް ޗާޖު ހަމަހަމަ ގޮތުގައި އިންސާފުން ނުބަހާ ކަމުގެ ޝަކުވާއަކީ އަބަދުވެސް މުވައްޒަފުންގެ އެންމެ ބޮޑު އެއް ޝަކުވާއެވެ. މިކަމުގެ ޝަކުވާ ބޮޑުވެ ރައްޔިތުންގެ މަޖިލީހުން ވަނީ މިމައްސަލައަށް ގާނޫނީ ހައްލެއްވެސް ހޯދައި ދީފައެވެ.

ބައެއް ރިސޯޓު ތަކުން ޑިސެމްބަރު މަހުވެސް ވަރަށް ރަނގަޅަށް ސާވިސްޗާޖު ދީފައިވާއިރު ހުސްވި އަހަރު ފެށުނީއްސުރެ ކޮވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަަމަށް ވަނީ ވަރަށް ބޮޑު އަސަރެއް ކޮށްފައެވެ.

ނަމަވެސް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި މައްސަލައަށް ގާނޫނީ ހައްލެއް ގެނައުމާއި ގުޅިގެން ގިނަ ރިސޯޓުތަކުން ސާވިސް ޗާޖު ރަގަޅުކުރަމުންދާކަންވެސް ރިސޯޓުން ނެރޭ ތަފްސީލުތަކުން އެނގެއެވެ.

ރިސޯޓްތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖު ދެމުންދާ ގޮތުގެ ލިސްޓް ތައްޔާރުކުރަނީ މޯލްޑިވްސް ސާވިސް ޗާޖް ވެބްސައިޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން